އަޅުގަނޑަކީ މަސްކް ބައޮގްރަފަރެއް، ފާއިތުވި ދެ އަހަރު ވަންދެން އޭނާގެ އޮންލައިން ބިހޭވިއާ ޓްރެކް ކުރަމުން އަންނަ މީހެއް - އަދި ނަފްސާނީ ހުރިހާ ބައްޔަކާއި، މަސްތުވާތަކެތީގެ ބާވަތްތައް ގިނައިން ބޭނުންކުރުމާއި، ވަރަށް ބޮޑަށް ސްޓްރެސް އަށް އޭނާ އެޑްމިޓްކޮށްފައިވާތީ، އޭނާ އަކީ ވަރަށް ބޮޑަށް ބަލި މީހަކަށްވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް، އެލޮން މަސްކްގެ ކިބައިން އެމެރިކާ ސަލާމަތްކުރޭ،" އަބްރަހަމްސަން އެކްސް ގެ ޕޯސްޓެއްގައި ލިޔެފައިވެއެވެ. އެވެ.އޭނާ އިތުރަށް ބުނެފައިވަނީ، އަމިއްލަ ދިރިއުޅުމުގައި މަސްކް ކުރައްވަމުން ކުރިމަތިލާންޖެހިފައިވާ ކަންކަމަކީ، އާންމުންގެ ކަންބޮޑުވުމަކަށް ނުވެދާނެ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން "ޑްރެމެޓިކް ނަތީޖާތަކެއް" ނުކުންނާނެ ކަމަށާއި އަދި ސިވިލައިޒޭޝަން-ޒަރޫރީ ގިނަ ސިނާއަތްތަކުގައި އޭނާގެ ނުފޫޒު ގަދަވަމުން އައުމުގެ މާނައަކީ އޭނާ އަކީ ކުރިއަށް އޮތްތަނުގައި އެމެރިކާގެ ރައީސް ކަމަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަކަށްވާތީ، އޭނާގެ މޮޔަކަމާއި ހަމަނުޖެހުންތަކަށް ހިތްވަރު ދިނުން އިތުރުވެގެން ދިއުމަކީ އަހަރެމެން އެންމެންނަށް ވެސް ނުރައްކާވާ ކަމެއް ކަމަށެވެ. އަބްރަމްސަން ބުނެފައިވަނީ އެމެރިކާގެ އާ ސަރުކާރުގެ ދައުރު ފެށެން ބާކީ ދުވަސްކޮޅެއް އޮތުމުން "އީލޮން މަސްކްގެ ކިބައިން އެމެރިކާ ސަލާމަތް ކުރުމަށް" އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން މަސްކް އާއިއެކު ހަދާފައިވާ އެމެރިކާގެ ހުރިހާ އެއްބަސްވުންތަކެއް އުވާލުމާއި، ގާނޫނު އަސާސީއާ ހިލާފަށް ޑީއޯޖީއީ އިނީޝިއޭޓިވް ހުއްޓުވުމަށް ދައުވާ ކުރުމާއި، ފެޑެރަލް ތަހުގީގެއް ފެށުން ހިމެނެ އެވެ.
އީލޮން މަސްކުގެ ކިބައިން އެމެރިކާ ސަލާމަތްކުރަންޖެހޭކަމަށް ބައޮގްރާފަރަކު ބުނެފި

އީލޮން މަސްކުގެ ކިބައިން އެމެރިކާ ސަލާމަތްކުރަންޖެހޭކަމަށް ބައޮގްރާފަރަކު ބުނެފި
ލިޔުން:
ޓެސްލާގެ ސީއީއޯ މޮޔަވަމުން އަންނަ ކަމަށާއި އޭނާގެ ކިބައިން އެމެރިކާ ސަލާމަތް ކުރަން ޖެހޭ ކަމަށް އީލޮން މަސްކްގެ ބައޮގްރަފަރ އެއް ކަމަށްވާ ކަމަށް ބުނާ ސެތު އަބްރަމްސަން ކިޔާ މީހަކު ބުނެފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (އޯންޑް ބައި މަސްކް) ގައި ސެތު އަބްރަމްސަން ވަނީ މަސްކްގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން ސީރިއަސް ވާހަކަތަކެއް ދައްކައި، އެކަމުގައި ސަރުކާރުގެ އަވަސް އިންޓަވެންޝަނަކަށް ގޮވާލައިފަ އެވެ. އަބްރަމްސަން ބުނި ގޮތުގައި ބިލިއަނަރ މަސްކް ގެ އަމަލުތައް ދެ އަހަރު ވަންދެން އޭނާ އަށް ފެނިފައިވާ ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ސްޓްރެސްގެ މައްސަލަތައް ހުރި މިންވަރު އޭނާއަށް އެނގޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
