ކޭކުގައި ވިހަލާފައި ފިރިމީހާގެ އާއިލާއަށް ކާންދިން ބްރެޒިލްގެ އަންހެނަކު ހައްޔަރުކޮށްފި

ކޭކުގައި ވިހަލާފައި ފިރިމީހާގެ އާއިލާއަށް ކާންދިން ބްރެޒިލްގެ އަންހެނަކު ހައްޔަރުކޮށްފި
ލިޔުން:
ކްރިސްމަސް ކޭކުގައި ވިހަލާފައި ގާތް ތިމާގެ މީހުންނަށް ކާންދން މައްސަލައެއްގައި ބްރެޒިލްގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނާ ހަވާލާދީ ނިއުސް އެޖެންސީ އޭއެފްޕީން ނޫހުގައި އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ޓޮރޭޒް އަވަށުގައި ބޭއްވި އާއިލީ ގެޓް ޓުގެދަރގައި ކޭކު ކައިގެން 3 އަންހެނަކު މަރުވެ އިތުރު ގާތް ތިމާގެ އިތުރު 3 މީހުން ބަލިވެފައިވާ ކަމަށާއި، މިހާތަނަށް ފުލުހުންގެ ހޯދުންތަކުން އިނގިފައިވަނީ ކޭކް އަށް ވިހަ ލާފައިވަނީ އެ އާއިލާގެ ފިރިހެނަކާ އިނދެގެންއުޅޭ އަންހެނެއް ކަމަށެވެ.
އެކްސްޕާޓް އެނަލިސިސްތަކުން އެނގުނު ގޮތުގައި ކޭކު ކެއި މީހުންގެ ލޭގައި ވަރަށް ވިހަ މާއްދާއެއް ކަމަށްވާ އާސެނިކް ގެ މިންވަރު މަތިވުމާއި، ކޭކުގެ ބާކީ ހުރި ބައިތަކާއިވެސް އާސެނިކުގެ މިންވަރު ހުރީ ވަރަށް މަތިކޮށެވެ. އެގޮތުން 35 މައިކްރޯގްރާމަކީ މީހަކު މަރުވުމަށް ފުދޭ ވަރުނަމަވެސް މަރުވި މީހުންގެ ތެރެއިން އެކަކުގެ ގައިގައި ކޮންސެންޓްރޭޝަން ހުރީ 350 ގުނަ އިތުރަށް ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
