މާލެ: 31°C

ރެބިޓް ފީވާ ނުވަތަ ޓިއުލަރޭމިއާ ކޭސްތައް އެމެރިކާގައި އިތުރުވަނީ

January 7, 2025
39 ފަހަރު ބަލާފައި
ރެބިޓް ފީވާ ނުވަތަ ޓިއުލަރޭމިއާ ކޭސްތައް އެމެރިކާގައި އިތުރުވަނީ
ރެބިޓް ފީވާ ނުވަތަ ޓިއުލަރޭމިއާ ކޭސްތައް އެމެރިކާގައި އިތުރުވަނީ
އެމެރިކާގައި ރެބިޓް ފީވާގެ ކޭސްތައް އިތުރުވެ ނުރައްކާ ބޮޑުވެފައިވާކަމަށް ސެންޓަރ ފޯރ ޑިޒީސް ކޮންޓްޓްރޯލް (ސީޑީސީ) އިން ރިޕޯޓް ކށްްފިއެވެ. ޓިއުލަރޭމިއާ ނުވަތަ "ރެބިޓް ފީވާ" އަކީ ފްރެންސިނެސެލާ ޓިއުލަރެންސިސް ބެކްޓީރިއާގެ ސަބަބުން ވަރަށް މަދުން ނޫނީ ނުފެންނަ ނަމަވެސް ސީރިއަސް ބައްޔެކެވެ. މިއީ އިންސާނުންގެ ގަޔަށް ފެތުރެނީ ޓިކް އަދި މެހި ދަތްއަޅައިގެން ނުވަތަ ބަލި ޖެހިފައިވާ ޖަނަވާރުތަކާއި ސީދާ ކޮންޓެކްޓް ވުމުން ނެވެ. ސައިންސް އެލާޓް ވެބްސައިޓްގައި ރިޕޯޓްކޮށްފައިވާ ގޮތުން 2000 ވަނަ އަހަރު މެސެޗޫސެޓްސްގައި ފެތުރެން ފެށި ރޯގާގައި 15 މީހަކު ޕޮޒިޓިވްވެ އެކަކު މަރުވެފައިވެއެވެ. 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމެރިކާގެ 47 ސްޓޭޓަކުން 2،462 ޓިއުލަރޭމިއާ ކޭސް ރެކޯޑްކޮށްފައިވާއިރު، މިއީ 2001-2010 ވަނަ އަހަރާ އަޅާބަލާއިރު 56 އިންސައްތަ އިގެ ކުރިއެރުމެކެވެ. މި އަދަދު އިތުރުވެފައިވަނީ 2017 ވަނަ އަހަރު ޕީސީއާރު ފަދަ އެޑްވާންސް ޓެސްޓިން ޓެކްނިކްތައް ފަދަ ކޭސް ޓްރެކިން މެތަޑްތައް ބޭނުންކުރަންފެށުމުގެ ސަބަބުންކަމަށް ސީޑީސީން ބުނެފައިވެއެވެ. ޓިއުލަރޭމިއާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ޖެހޭ ނިސްބަތް ހުރީ ކޮންމެ ދެ ލައްކަ މީހަކަށް އަހަރަކު އެންމެ ކޭހެއްގެ ރޭޓްގައެވެ. ނަމަވެސް ޓިއުލަރޭމިއާގެ ކޭސްތައް އިތުރުވުމަކީ ސަމާލުވާން ޖެހޭ ކަމެއްކަމަށްވެސް ސީޑީސީ އިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ