އެމެރިކާއިން ފުރަތަމަ ފަހަރަށް ދޫނި ރޯގާ ޖެހިގެން މީހަކު މަރުވެއްޖެ

އެމެރިކާއިން ފުރަތަމަ ފަހަރަށް ދޫނި ރޯގާ ޖެހިގެން މީހަކު މަރުވެއްޖެ
ލިޔުން:
އެމެރިކާއިން ފުރަތަމަ ފަހަރަށް ދޫނި ރޯގާ ޖެހިގެން މަރުވެއްޖެއެވެ.
އެމެރިކާގެ ލޫޒިއާނާގެ ސިއްހީ އިދާރާތަކުން ބުނެފައިވަނީ މަރުވެފައިވަނީ ދޫނި ރޯގާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހެއް ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ސިއްހީ އިދާރާތަކުން ވަނީ އެ ކޭސް އަކީ އެ ގައުމުގައި ދެނެގަނެވުނު އިންސާނުންނަށް އެޗް5އެން1 ވައިރަހުގެ ފުރަތަމަ ސީރިއަސް ކޭސްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އިތުރު ކޭސްއެއް ފެނިފައި ނުވާ ނުވާތީ އިންސާނުންގެ ތެރޭގައި ބަލި ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ލޫޒިއާނާގެ ހެލްތު ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެޗް5އެން1 ގެ ފުރަތަމަ ކޭސް 1996 ވަނަ އަހަރު ފެނުނު ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ދޫނި ބަކަރިތަކާއި މެމަލް ބާވަތްތަކުގެ މެދުގައި އެ ވައިރަސް ވަނީ މިއުޓެންޓްވެ ފެތުރެން ފަށާފައެވެ. ޖެނެޓިކް ސީކުއެންސިންގައި އެނގުނު ގޮތުގައި ލުއިޒިއާނާ ގެ ބަލި މީހާއަށް ޖެހުނު އެޗް5އެން1 ވައިރަހުގެ ވާޝަން އަކީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ ޑެއިރީ ޖަނަވާރުތަކާއި ދަނޑުތަކުން ފެނުނު ވައިރަހާ ތަފާތު ވައިރަހެކެވެ.
މިހާތަނަށް އެމެރިކާއިން އެޗް5އެން1 އަށް 67 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ހާމަކޮށްފައިވާ ގޮތުގައި މި 67 މީހުންގެ ތެރެއިން ޖަނަވާރުން އެކްސްޕޯޒްވުމުގެ ރެކޯޑެއް ނެތީ އެންމެ ދެ ޕޭޝަންޓުންނަށެވެ. އެހެންކަމުން ޖަނަވާރުންނާ ކޮންޓެކްޓް ނުވާ ފަރާތްތަކަށް ވައިރަސް އެރިގޮތް މިހާރު ދަނީ ހޯދަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
