ޗައިނާގައި އެކަހެރިކޮށް އޮންނަ ޓިބެޓް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

ޗައިނާގައި އެކަހެރިކޮށް އޮންނަ ޓިބެޓް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ
ލިޔުން:
މިއަދުގެ ހެނދުނު ޗައިނާގައި އެކަހެރިކޮށް އޮންނަ ޓިބެޓް ސަރަހައްދަށް 7.1 މެގްނިޓިއުޓްގެ ބާރުގަދަ ބިންހެލުމެއް އައިސް އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ
ނޭޕާލްގެ ބޯޑަރު ކައިރީގައި އޮންނަ ޓިބެޓް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާރުވެސް ކުދި ބިންހެލުންތައް އެސަރަހައްދަށް އަންނަމުންދާކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އެގޮތުން ހެނދުނު 10:00 އާ ހަމައަށްވެސް އާފްޓަރޝޮކް ބިންހެލުމެއް އެއްމެ ބާރުގަދަކޮށް އައިސްފައިވަނީ 4.4 މެގްނިޓިއުޑްގައެވެ. މި ބިންހެލުމާ ގުޅިގެން ޓިބެޓް ސަރަހައްދުގެ ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފައިވާކަމަށް ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނެފައިވެއެވެ. ސީއީއެންސީން ބުނި ގޮތުގައި މި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
މިއަދު ހެނދުނު 06:35:16 ގައި ނޭޕާލްގެ ލޯބުޗޭގެ އިރުއުތުރުން 93 ކިލޯމީޓަރު ދުރުން ރިކްޓާ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
