އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރެއް ޖައްސަން އުޅެނިކޮށް ވެއްޓި ތިން މީހުން މަރުވެއްޖެ

އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރެއް ޖައްސަން އުޅެނިކޮށް ވެއްޓި ތިން މީހުން މަރުވެއްޖެ
ލިޔުން:
އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރެއް ގުޖުރާތުގެ ޕޯރްބަންދަރު އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ވެއްޓި ތިން މީހަކު މަރުވެއްޖެއެވެ.
މިއަދު މެންދުރު 12:10 ގައި އިންޑިއާގެ ގުޖުރާތުގެ ޕޯރްބަންދަރު އެއާޕޯޓަށް އިންޑިއާގެ ކޯސްޓްގާޑްުގެ ހެލިކޮޕްޓަރު ޖެއްސުމުގެ ތެރޭގައި ވެއްޓި އިންޑިއާގެ ކޯސްޓްގާޑުގެ ތިން އޮފިސަރަކު މަރުވެއްޖެ ކަމަށް ޕޯރްބަންދަރުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ބަގީރަތުސިންހަ ޖަޑޭޖާ ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރު (އޭއެލްއެޗް) ނަމަކަށް ކިޔާ މި މަތިންދާބޯޓު ވެއްޓިފައިވަނީ އާއްމު ދަތުރެއްގައި ކަމަށް ބުނެފައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވައިވާގޮތުން އެ ހެލިކޮޕްޓަރ ވަރަށް ބޮޑަށް އަނދާފައިވާކަމަށާއި، ހެލިކޮޕްޓަރ ވެއްޓި އަލިފާން ރޯވުމާއެކު ތިން ފަޅުވެރިން ހެލިކޮޕްޓަރުން ނެރުމަށް ފަހު އަވަސް އަވަހަށް ޕޯރްބަންދަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ގުޖުރާތުގެ ކަމަލާ ބައުގް ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓާ ރާޖޭޝް ކަންމިއާ އާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ އެ މީހުންނަށް ލިބުނު ސީރިއަސް ޒަހަމްތަކުގެ ސަބަބުން އިންޑިއަން ކޯސްޓްގާޑުގެ 3 ކުރޫއިންވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
