ބައެއް މީހުންގެ އިސްތަށިގަނޑާއި ނިޔަފަތި އަވަހަށް ދިގުވަނީ ކީއްވެ؟

ބައެއް މީހުންގެ އިސްތަށިގަނޑާއި ނިޔަފަތި އަވަހަށް ދިގުވަނީ ކީއްވެ؟
ލިޔުން:
މީހާގެ މިޒާޖާއި އުޅުމާއި އިޖްތިމާޢީ ގޮތުން މީހާގެ ދަރަޖަ ދެނެގަތުމުގައި އިސްތަށިގަނޑާއި ނިޔަފަތި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އިސްތަށިގަނޑާއި ނިޔަފަތި ދޫކޮށްލާފައި ބަހައްޓާފިނަމަ ދިގުވަމުންތާނެ އެވެ. އެގޮތުން ބޮލުގެ އިސްތަށިގަނޑު އެވްރެޖްކޮށް މަހަކު 1 ސެންޓިމީޓަރު ބޮޑުވާއިރު، ނިޔަފަތިތައް އެވްރެޖްކޮށް 3 މިލިމީޓަރަށްވުރެ ބޮޑަށް ދިގުވާނެއެވެ. ގިނަ މީހުންނަކީ ރެގިއުލާކޮށް ބޯ ކޯށައި ނިޔަފަތި ކަނޑާހަދާ މީހުންނެވެ. ނަމަވެސް އިސްތަށިގަނޑާއި ނިޔަފަތި ދިގުވާ މިނާއި މުއްދަތު އެކި މީހުންގެ ތަފާތުވެއެވެ. އެގޮތުން ބައެއް މީހުންގެ އިސްތަށިގަނޑާއި ނިޔަފަތި ތައް މާ އަވަހަށް ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟
އިސްތަށިގަނޑާއި ނިޔަފަތި ދިގުވުމުގައި ކެރޮޓިންގެ ރޯލު ވަރަށް މުހިއްމު ބައެއް އަދާކުރެއެވެ. އިސްތަށިވެސް އަދި ނިޔަފަތިވެސް އުފެދެނީ ހަންގަނޑުގެ ތިރީގައި ހުންނަ މެޓްރިކްސް ސެލްތަކުން، ސެލް ޑިވިޝަންގެ ތަފާތު ޕެޓާންތަކުގެ ތެރެއިން އުފެދިގެންނެވެ. ހިނގަމުންދާ ކަމެއްގެ ގޮތުގައި ނިޔަފަތީގެ އެންމެ ތިރީ ހަނގަޑުގެ ދަށުން މެޓްރިކްސް ސެލްތަކުން މަޑުމަޑުން ނިޔަފަތި މަޑުމަޑުން ދިގުވަމުންދެއެވެ. އެގޮތުން އަލަށް އުފެދޭ ސެލް ތަކުން ކުރިން އުފެދިފައިވާ ސެލްތައް ނިޔަފަތިގަނޑު ކުރިއަށް ކޮއްޕަމުންދެއެވެ. އެގޮތުން ނިޔަފަތީގެ ތިރީބާގައ ފިޔާތޮށި ގަދަކޮށް ހުންނަނީ ބްލަޑް ސާކިއުލޭޝަންގެ ސަބަބުންނެވެ. އިސްތަށިވެސް އުފެދެންފަށަނީ މެޓްރިކްސް ސެލްސް ތަކުން ހަނގަނޑުގެ ދަށުގައި ހިނގާ ހަރަކާތްތަކުންނެވެ. އެގޮތުން ހެއާ ސާފްޓް އުފެދި ޕޮލިކަލް ތަކުން އިސްތަށި ބޭރަށް ނިކުމެއެވެ.
ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 100-150 އާ ދެމެދުގެ އަދަދަކަށް ބޮލުން އިސްތަށި ފޭބިނަމަވެސް އެވްރެޖް ކޮށް މީހެއްގެ ބޮލުގައި 100،000 އިސްތށި ހުރުމުގެ ސަބަބުން އެކަން ފާހަގަކުރެވެނީ ވަރަށް މަދުންނެވެ. އިސްތަށި ދިގުވުމުގައި ޖެނެޓިކްސް އަކީ އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބެވެ. އިސްތަށިގަނޑު ބޮޑުވާ ނިސްބަތް ވަކި ވަކި ފަރުދުންގެ މެދުގައި ތަފާތުވި ނަމަވެސް، އާއިލާގެ މެމްބަރުންގެ މެދުގައި އިސްތަށިގަނޑު ދިގުވުމުގައި އެއް މިންގަނޑެއް ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. ހަމަ އެގޮތަށް އެއްބަނޑު އެއްބަފާ މީހުންނާއި ހާއްސަކޮށް ޓްވިންސްގެ ނިޔަފަތި އުފެދުމުގެ ރޭޓް އެއްވަރެއްގައި ހުރުމުންވެސް ޖެނެޓިކްސްގެ ސަބަބުން އެކަމަށް ވަރަށްބޮޑު ނުފޫޒެއް ފޯރާކަން ފާހަގަކުވެއެވެ.
އިސްޓތަށިގަނޑާއި ނިޔަފަތި ދިގުވުމުގައި އެހެނިހެން ކަންވެސް ވަރަށްބޮޑު ދައުރެއް އަދާކުރެއެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ މީހުންގެ ތެރޭގައި ވެސް އިސްތަށިގަނޑާއި ނިޔަފަތި ހެދިބޮޑުވުމަށް އަސަރުކުރެއެވެ. އަދި އުމުރުގެ ސަބަބުން ތަފާތު ވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އުމުރުން ދުވަސްވުމުން އަންނައިރު މެޓަބޮލިޒަމް އާއި ސެލް ޑިވިޝަން ދަށްވުމުގެ ސަބަބުން ޒުވާން މީހުންގެ އިސްތައްޓާއި ނިޔަފަތި ހެދިބޮޑުވުމުގެ ރޭޓް އާންމުގޮތެއްގައި ހަލުވިވެއެވެ.
ހޯމޯނަލް އަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް އިސްތައްޓާއި ނިޔަފަތި ހެދިބޮޑުވުމަށް އަސަރު ކޮށްފާނެ އެވެ. މާބަނޑުވުމުގެ ސަބަބުން ގިނަ ފަހަރަށް އިސްތަށިގަނޑާއި ނިޔަފަތި އުފެދުމުގެ ރޭޓް ހަލުވިކޮށްދޭއިރު، މެނޯޕޯޒް އާއި ސްޓްރެސް ހޯމޯން ކޯޓިސޯލްގެ މިންވަރު މަތިވުމުން ހެދިބޮޑުވާ މިންވަރު ދަށްކޮށްދެއެވެ.
ނިއުޓްރިޝަންގެ ސަބަބުން އިސްތަށިގަނޑާއި ނިޔަފަތި ވަރުގަދަކަމާއި ހެދިބޮޑުވާ ރޭޓަށް ވެސް ބަދަލު ތަކެއް އާދެ އެވެ. އެހެންކަމުން އިސްތަށިގަނޑާއި ނިޔަފަތި ދިގުވުމަށް އެހީތެރިވެދޭ ނިއުޓްރިއަންޓްސް ހިމެނޭ ބެލެންސްޑް ޑައިޓަކީ ކޮންމެހެން ބޭނުންތެރި ކެއުމެކެވެ. ނިއުޓްރިއަންޓް މަދުވުމުގެ ސަބަބުން އިސްތަށިފޭބުމާއި ނިޔަފަތި ފަޅައިގެން ދިއުމުގެ ސަބަބުން އިސްތައްޓާއި ނިޔަފަތީގެ ހެދިބޮޑުވުމުގެ ސައިކަލަށް ހުރަސް އެޅި، ނުވަތަ އޮނިގަނޑު ބަލިކަށިވެގެން ދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
