މާލެ: 31°C

އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ދުންފިނީގެ އަސަރު ބޮޑުވުމާގުޅިގެން އޮރެންޖު އެލާޓް ނެރެފި

January 3, 2025
2 ފަހަރު ބަލާފައި
އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ދުންފިނީގެ އަސަރު ބޮޑުވުމާގުޅިގެން އޮރެންޖު އެލާޓް ނެރެފި
އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ދުންފިނީގެ އަސަރު ބޮޑުވުމާގުޅިގެން އޮރެންޖު އެލާޓް ނެރެފި
އުތުރު އިންޑިއާގެ ސަރަހައްދުތަކަށް ދުންފިނީގެ އަސަރު ބޮޑުވުމާގުޅިގެން ސްކޫލުތަށް ބަންދުކޮށް އާއްމުން ރައްކާތެރިވުމުގެ ގޮތުން އޮރެންޖު އެލާޓް ނެރެފިއެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ހިމެނޭގޮތަށް އިންޑިއާގެ އުތުރުގެ ބައެއް ހިސާބުތަކަށް ސަރަޙައްދުތަކަށް ދުންފިނީގެ ސަބަބުން ވިޒިބިލިޓީ ދަށްވެ، އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ބުރޫ އަރާފައިވާއިރު، މިއީ އެ ސަރަހައްދުގެ ފިނިހޫނުމިން ދަށުގައި ހިފެހެއްޓިފައި ހުރި 5 ވަނަ ދުވަހެވެ. އެކަމާ ގުޅިގެން ފްލައިޓް ދަތުރުތަކަށާއި ރޭލް ދަތުރު ތަކަށާއި އާއްމު ދަތުރުފަތުރާއި ވިޔާފާރިތަކަށް ވަނީ ހުރަސްއެޅިފައެވެ. އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ވަނީ މިއަދު ( ޖެެނުއަރީ 3 ވަނަ ދުވަހު) އެއްކޮށް ވިޒިބިލިޓީ ދައްވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓް ނެރެފަ އެވެ. އަދި އެ އިދާރާއިން ލަފާކުރާ ގޮތުގައި ފިނިހޫނުމިން 8 ޑިގްރީ ސެލްސިއަސް އަށް ދަށަށް ދާނެއެވެ. އެގޮތުން އެއްމެ ބޮޑަށް އަސަރުކުރާނެ ސަރަހައްދުތަކުގެ ތެރޭގައި ޗަންދީގަރު، އަމްރިތުސަރު، ގްވާލިއާ އަދި އުއްތަރަ ޕްރަދޭޝް ފަދަ ސަރަހައްދުތަށް ހިމެނެއެވެ. ދުންފިނީގެ ސަބަބުން ދަތުރުފަތުރަށް ބުރޫ އެރުމުގެ ސަބަބުން ފްލައިޓްތަކާއި ރޭލުތަކަށް ލަސްވެ، ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ދިއްލީ އެއާޕޯޓުގެ އާންމު ވިޒިބިލިޓީ 50 މީޓަރަށް ވެއްޓި، ރަންވޭ ވިޒިބިލިޓީ ހެނދުނު 7:00 ގައި ޒީރޯއަށް ވެއްޓިފައިވެއެވެ. އަދި ނިއު ދިއްލީގެ ރޭލް ދަތުރުތަކަށްވެސް ވަނީ ބުރޫއަރާފައެވެ. ދުންފިނީގެ ސަބަބުން ވަކި ގޮތެއް އަންގަންދެން ސްކޫލްތައް ވަނީ ގްރޭޑް އަށަކާ ހަމައަށް ބަންދުކޮށްފަ އެވެ. ހަރްޔާނާ، އުއްތަރަ ޕްރަދޭޝް، ރާޖަސްތާން، ޕަންޖާބް އަދި ބިހާރަށް ފިނި ގަދަވުމުގެ އަސަރު ކުރަމުންދާތީ، ގެއްލުން ލިބުނު އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ރާޖަސްތާނަށް ފިނި މޫސުމުގެ އަސަރު ކޮށްފައިވާއިރު، ސިކަރް ޑިސްޓްރިކްޓްގެ ފަތޭހްޕޫރުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ދަށް ފިނިހޫނުމިން ހުރީ 3.6 ޑިގްރީ ސެލްސިއަސްގައެވެ. މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ސަމާލުވުމަށް އިލްތިމާސްކޮށް، ބޭރަށް ނުކުމެ އުޅުމަށް ކަމާބެހޭ ފަރާތްތަކުން އެޑްވައިޒަރީތައް ވަނީ ނެރެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ