ސައިބީރިއަން އެއާލައިންސްގެ މަތިންދާބޯޓެއް ރަންވޭއިން ކަހާލައިފި

ސައިބީރިއަން އެއާލައިންސްގެ މަތިންދާބޯޓެއް ރަންވޭއިން ކަހާލައިފި
ލިޔުން:
ސައިބީރިއަން އެއާލައިންސްގެ މަތިންދާބޯޓެއް ނޯރިލްސްކުގެ ރަންވޭއިން ކަހާލައިފިއެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯއިން ފުރައިގެން ރަޝިއާގެ ނޮރިލްސްކު އަށް އިއްޔެ ދަތުރުކުރި ސައިބީރިއާ އެއާލައިންސްގެ މަތިންދާބޯޓު ރަންވޭއިން ކަހާލާފައިވަނީ އެލިކޭލް އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށްފަހު ޓެކްސީވޭއަށް ދަނިކޮށް ކަމަށް ވެސްޓް ސައިބީރިއާގެ ޓްރާންސްޕޯޓް ޕްރޮސެކިއުޓާގެ އޮފީހުން ޓެލެގްރާމްގައި ހިއްސާކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ސައިބީރިއާ ކްރަސްނޯޔަރސްކް ސަރަޙައްދުގައި އޮންނަ ނޮރިލްސްކަކީ މޮސްކޯގެ އިރުން 2800 ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދެކެވެ.
އެ ހާދިސާ އާއިގުޅިގެން ސައިބީރިއަން އެއާލައިންގެ އެއާބަސް އޭ321 މަރުކާގެ މަތިންދާބޯޓު މިހާރުވަނީ ވަގުތީ ގޮތުން ގްރައުންޑްކޮށްފައެވެ. އެވަގުތު މަތިންދާބޯޓުގައި 79 ފަސިންޖަރުން ތިބިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވާ އިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
