މާލެ: 31°C

ރާއްޖޭގަޑިން 15:00 އިން ފެށިގެން ގައުމުތަކުން އާ އަހަރު ފާގަކުރަން ފަށައިފި، 2025 ވަނަ އަހަރުގެ ފެށުން އެންމެ ފުރަތަމަ އަދި އެންމެ ފަހުން ފާހަގަކުރަނީ ކޮންގައުމަކުން

December 31, 2024
203 ފަހަރު ބަލާފައި
ރާއްޖޭގަޑިން 15:00 އިން ފެށިގެން ގައުމުތަކުން އާ އަހަރު ފާގަކުރަން ފަށައިފި، 2025 ވަނަ އަހަރުގެ ފެށުން އެންމެ ފުރަތަމަ އަދި އެންމެ ފަހުން ފާހަގަކުރަނީ ކޮންގައުމަކުން
ރާއްޖޭގަޑިން 15:00 އިން ފެށިގެން ގައުމުތަކުން އާ އަހަރު ފާގަކުރަން ފަށައިފި، 2025 ވަނަ އަހަރުގެ ފެށުން އެންމެ ފުރަތަމަ އަދި އެންމެ ފަހުން ފާހަގަކުރަނީ ކޮންގައުމަކުން
2025 ވަނަ އަހަރު ފެށުމުގެ އުފާ ފާޅުކުރުމަށް މުޅި ދުނިޔެ ތައްޔާރުވަމުން އަންނައިރު، ޓައިމް ޒޯންތަކުގައި ހުރި ތަފާތުތަކުގެ ސަބަބުން ހުރިހާ ގައުމަކުން ވެސް އާ އަހަރު ފާހަގަ ކުރާނީ އެކި ވަގުތުތަކުގައެވެ. އެންމެ ފުރަތަމަ އާ އަހަރު ފާހަގަކުރާނީ ކޮން ގައުމަކުން  އެއްމެ ފުރަތަމަ 2025 ވަނަ އަހަރު ފެށޭނީ ކްރިސްމަސް އައިލެންޑްގެ ނަމުން ނަން ދީފައިވާ ކިރިޓިމަތީ އައިލެންޑާއި މެދުތެރޭ ޕެސިފިކް ސަރަހައްދުގެ މީހުން ދިރިނޫޅޭ 10 ރަށަކަށެވެ. މި ރަށްތަކަކީ ދުނިޔޭގެ ބޭސްލައިން ޓައިމް ޒޯން، ގްރީންވިޗް މީން ޓައިމް (ޖީއެމްޓީ) އަށް އަމަލުކުރާ ގައުމުތަކެކެވެ. އެހެންކަމުން އެ ރަށްތަކަށް ރާއްޖެއަށްވުރެ 9 ގަޑިއިރުކުރިން އާއަހަރު ފެށޭނެއެވެ. އެގޮތުން ރާއްޖޭ ގަޑިން މެންދުރުފަހު 3 ޖެހިއިރު އެރަށްތަކަށް ވަނީ 2025 ވަނަ އަހަރު ފެށިފައެވެ. އާ އަހަރަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާ އެހެނިހެން ގައުމުތަކުގެ ތެރޭގައި ޓޮންގާ، ނިއުޒީލެންޑް އަދި ސަމޯއާ ހިމެނޭއިރު، އޭގެ ފަހުން ދެން ހިމެނެނީ އިރުމަތީ އޮސްޓްރޭލިއާ އެވެ. 2025 ވަނަ އަހަރުގެ ފެށުން އެއްމެ ފަހުން ފާހަގަކުރާނީ ކޮންގައުމަކުން އާ އަހަރުގެ ފެށުން އެއްމެ ފަހުން އަންނާނީ ޓައިމް ޒޯން ސްޕެކްޓްރަމްގެ އަނެއްކޮޅުގައި އޮންނަ މީހުން ދިރިނޫޅޭ ދެ ރަށެއް ކަމަށްވާ ހަވާއީގެ ހުޅަނގު ދެކުނުގައި އޮންނަ ބޭކަރ އައިލެންޑާއި ހައުލޭންޑް އައިލެންޑް އަށެވެ. އެމެރިކާގެ ހަވާއީ އަށް އާ އަހަރު ފެށޭނީ ރާއްޖޭގަޑިން މާދަމާގެ މެންދުރުފަހު 15:00 ގައެވެ. ޓައިމް ޒޯންތަކުގެ ނުފޫޒު ދުނިޔެ 24 ޓައިމް ޒޯނަކަށް ބަހާލާފައިވާއިރު، އެއިން ކޮންމެ ސަރަހައްދަކީ ވެސް އެ ބިމުގެ ދިގުމިނަށް ބެލުމަށްފަހު ވަކި ސްޓޭންޑަޑް ޓައިމަކާ އެއްގޮތްވާ ގޮތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް އެކި ވަގުތުތަކާ ދިމާވަނީ ޓައިމް ޑިވިޝަން ތަކުގެ ސަބަބުންނެވެ ޓައިމް ޑިވިޝަންގެ މައިގަނޑު އެއް ބޭނުމަކީ އިންޓަނޭޝަނަލް ޑޭޓް ލައިން ކަނޑައެޅުމާއި، ކޮންމެ ދުވަހެއްގެ ފެށުން އަދި ނިމުން ކަނޑައެޅުމެވެ. 1884 ވަނަ އަހަރު އުފެދުނު ޑޭޓް ލައިން ހިނގަނީ ޕެސިފިކް ކަނޑުގެ 180 ވަނަ މެރިޑިއަމް ކައިރީގަ އެވެ. އެއީ އާ ދުވަހެއް ފަށައި، އިންގްލެންޑްގެ ގްރީންވިޗްގެ ޕްރައިމް މެރީޑިއަމްއާ ސީދާ ކުރިމަތިން، ޖެހިޖެހިގެން 2، ކަލަންޑަރު ދުވަހާ ދެމެދު ބައުންޑަރީއެއްގެ ގޮތުގައި މަސައްކަތް ކުރާ ތަނެކެވެ. އެ ގައުމެއް އޮންނާނީ އިންޓަނޭޝަނަލް ޑޭޓްލައިންގެ ކޮން ފަރާތެއްގައިތޯ ކަނޑައެޅުމުގެ ފުރުޞަތު ޤައުމުތަކަށް ލިބިގެންދާއިރު، އަމިއްލަ ލޯކަލް ޓައިމްތަކެއް ކަނޑައެޅުމުގެ އިޚްތިޔާރު ޤައުމުތަކަށް ލިބިގެންދެއެވެ. ނޭޝަނަލް ޖިއޮގްރަފިކް އިން ފާހަގަކޮށްފައިވާ ފަދައިން މިހާރު މުޅި ދުނިޔޭގައި ތަފާތު 38 ޓައިމް ޒޯން އެބަހުއްޓެވެ. މި ޓައިމް ޒޯންތަކުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އާ އަހަރު ފާހަގަކުރާ ސީދާ ވަގުތު، ތަނަށް ބެލުމަށްފަހު ތަފާތުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ