މާލެ: 31°C

ޔުނައިޓެޑް އެއާލައިންސްގެ ލޭންޑިންގ ގިއަރ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ

December 26, 2024
2 ފަހަރު ބަލާފައި
ޔުނައިޓެޑް އެއާލައިންސްގެ ލޭންޑިންގ ގިއަރ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ
ޔުނައިޓެޑް އެއާލައިންސްގެ ލޭންޑިންގ ގިއަރ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ
ޔުނައިޓެޑް އެއާލައިންސްގެ ލޭންޑިންގ ގިއަރ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ޔުނައިޓެޑް އެއާލައިންސް އިން ބުނެފައިވަނީ އިއްޔެ އެ އެއާލައިންގެ ޖެޓްލައިނާ ބޮއިން 787-10 މަރުކާގެ މަތިންދާ ބޯޓެއް ހަވާއީގެ ރަށެއް ކަމަށްވާ މައުއަށް ޖެއްސިފަހުން އެ އެ ފުލައިޓްގެ ލޭންޑިންގ ގިއަރ ތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށާއ،ި އެ ބޯޓަކީ ޑިސެމްބަރު 24 ވީ އަންގާރަ ދުވަހުގެ ހެނދުނު 9:49 ހާއިރު ޝިކާގޯގެ އޯހެއާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ފްލައިޓް ޔޫއޭ202 ކަމަށެވެ. އަދި މައުގެ ކަހުލުއީ އެއާޕޯޓަށް ޖައްސާފައި ވަނީ ރޭ ދަންވަރު 2:12 ހާއިރު ކަމަށެވެ. ޔުނައިޓެޑް އެއާލައިންސް އިން ނިއުޔޯކް ޕޯސްޓަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ ލޭންޑިން ގިއާ ވީލް ވެލްގެ ތެރެއިން ކަމަށާއި އެއީ ބޭރުން އެކަނި ވަދެވޭ ގޮތަށް އިންނަ ތަނެއް ކަމަށެވެ. އެ އެއާލައިނުން ބުނެފައިވަނީ އެ މީހާ ލޭންޑިންގ ގިއަރ ތެރެއަށް ވަދެފައިވަނީ ކިހިނެއް ނުވަތަ ކޮން އިރަކު ކަމެއް ނޭނގޭ ކަމަށެވެ. ފިލައިގެން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމަށް ފުލްއިޓް ތަކުގެ ލޭންޑިންގ ގިއަރ ތެރޭގައި ފިލައިގެން ދަތުރުކުރުރާ މައްސަަލަތަކަކީ މަދުން ނަމަވެސް ހިނގާ ކަމަކަށް ވާއިރު އެފަދަ މީހުންގެ ތެރެެއިން ގާތްގަނޑަކަށް 77 އިންސައްތަ މީހުން ވަނީ މަރުވެފައިކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ