މާލެ: 31°C

އިމްރާންޚާން މިނިވަންކުރުމަށް ގޮވާލާ ކުރަމުންދާ މުޒާހިރާ ވަރުގަދަވުމާގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން "ޝޫޓް އެޓް ސައިޓް" އޯޑަރ ނެރެފި

November 26, 2024
2 ފަހަރު ބަލާފައި
އިމްރާންޚާން މިނިވަންކުރުމަށް ގޮވާލާ ކުރަމުންދާ މުޒާހިރާ ވަރުގަދަވުމާގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން "ޝޫޓް އެޓް ސައިޓް" އޯޑަރ ނެރެފި
އިމްރާންޚާން މިނިވަންކުރުމަށް ގޮވާލާ ކުރަމުންދާ މުޒާހިރާ ވަރުގަދަވުމާގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން "ޝޫޓް އެޓް ސައިޓް" އޯޑަރ ނެރެފި
ޖަލަށް ލާފައި ހުރި ޕާކިސްތަނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން މިނިވަންކުރުމަށް ގޮވާލާ ކުރަމުންދާ މުޒާހިރާ ވަރުގަދަވުމާގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން "ޝޫޓް އެޓް ސައިޓް" އޯޑަރ ނެރެފިއެވެ. ޕާކިސްތާނުގެ ވެރިރަށް ކަރާޗީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ ހާލަތު އިތުރަށް ގޯސްވަމުންދިއުމާގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ވަނީ  ޤާނޫނު އަސާސީގެ 245 ވަނަ މާއްދާގެ ދަށުން "ޝޫޓް އެޓް ސައިޓް" އަމުރުތައް ނެރެފައެވެ. އެ ގައުމުގެ އަސްކަރިއްޔާއިން އެ އަމުރު ނެރެފައިވަނީ މުޒާހިރާތައް ހުއްޓުވައިދިނުމަށް އެގައުމުގެ އަސްކަރިއްޔާގެ ކިބައިން ސަރުކާރުން އެދިފައިވަނިކޮށެވެ. އަސްކަރިއްޔާއިން ނެރެފައިވާ އެ އަމުރަކީ ގައުމުގެ މިނިވަންކަން ގެއްލިދާފަދަ ހާލަތެއް ކުރިމަތިވުމުން އެކަމާ ދެކޮޅަށް ޙަރަކާތްތެރިވުމުގެ ފުރިހަމަބާރު އަސްކަރިއްޔާއަށް ލިބިދޭ އަމުރެކެވެ. އެހެންކަމުން އެ އަމުރުގެ ދަށުން އަސްކަރިއްޔާއިން ކުރާ އެއްވެސްކަމަކަށް އަސްކަރިއްޔާއިން އެއްވެސް ތަނެއްގައި ނުވަތަ އެއްވެސް ފަރާތަކަށް ޖަވާބުދާރީވާން ނުޖެހޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ސަރުކާރުން އަސްކަރިއްޔާއަށްވަނީ މުޒާހިރާ ކުރާ ފަރާތްތަކާއި އެކަން ރާވާ ހިންގުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކާ ދެކޮޅަށް އަސްކަރިއްޔާއިން ފިޔަވަޅު އަޅައިދިނުމަށްވެސް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ