މާލެ: 31°C

މިސްރުގެ ބިންގަރާހެއްގެ ތެރެއިން ސަންދޯކެއްގެ ތެރޭގައި އޮތް 4000 އަހަރުވެފައިވާ އެހެން ސަންދޯކެއް ފެނިއްޖެ

November 10, 2024
4 ފަހަރު ބަލާފައި
މިސްރުގެ ބިންގަރާހެއްގެ ތެރެއިން ސަންދޯކެއްގެ ތެރޭގައި އޮތް 4000 އަހަރުވެފައިވާ އެހެން ސަންދޯކެއް ފެނިއްޖެ
މިސްރުގެ ބިންގަރާހެއްގެ ތެރެއިން ސަންދޯކެއްގެ ތެރޭގައި އޮތް 4000 އަހަރުވެފައިވާ އެހެން ސަންދޯކެއް ފެނިއްޖެ
މިސްރުގެއާކިއޮލޮޖިސްޓުންނަށް ބިންގަރާހެއްގެ ތެރެއިން ސަންދޯކެއްގެ ތެރޭގައި އޮތް 4000 އަހަރުވެފައިވާ ސަންދޯކެއް ފެނިއްޖެ މިސްރުގެ ގާހިރާގެ ދެކުނުން 200 މޭލު ދުރުގައި އޮންނަ އައްޔޫތު ސިޓީން ފެނިފައިވާ އެ ސަންދޯކަކީ މީލާދީން ގާތްގަނޑަކަށް 1800 ވަނަ އަހަރު ދިރިއުޅުނު މުއްސަނދި ގަވަރުނަރެއް ކަމަށްވާ ޑެފައި-ހަޕީ1 ގެ އަންހެން ދަރިކަނބަލުން ޕްރިންސަސް އިދްލީ ގެ ސަންދޯއްކަމަށް ބެލެވޭ ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ. މިސްރުގެ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންޓިކުއިޓީސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުއްސަނދި ގަވަރުނަރެއް ކަމަށްވާ ޑެފައި-ހަޕީ1 އަކީ އޭރު މިސްރުގެ އެ ސަރަހައްދުތަކުގެ އެންމެ ބާރުގަދަ ރަސްގެފާނު އެވެ. އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި އެއީ މިހާތަނަށް ފެނުނު އެންމެ ހިތްގައިމު ސްންދޯއް ކަމަށާއި އެ ސްންދޯކުގައި މަރުވި މީހާ އޭނާ މަރުވުމަށްފަހު އަންނާނެ ދިރިއުލުމުގެ ވާހަކަ ބަޔާންކޮށްްފައިވާ ކުރެހުންތަކާއި ލިޔުންތައް ހިމެނޭ ކަމަށެވެ. އަދި އިދްލީ މަރުވުމާ ގުޅިގެން އޭނާގެ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ކަމަށްވާ ސްޕްލީން، ލިވާ، ގޮހޮރު އަދި ފުއްޕާމޭ ހަށިގަނޑުން ނަގައި، ވަނީ ޖާޑިއަކަށް ލާފައި ކަމަށާއި، އެއަށްފަހު އިދްލީގެ ހަށިގަނޑު މަމްމިފައި ކޮށް މަސްގަނޑު ހިއްކާލައިގެން ވަނީ ގިނަ ދުވަހު ހަލާކު ނުވެއޮންނާނެގޮތް ހަދާފައި ކަމަށެވެ. އާކިއޮލޮޖިސްޓުންނަށް ވަނީ އިދްލީގެ ސަންދޯކުގެ ތެރެއިން ހަންޖަރާއި ލަކުޑީގެ ބުދުތައް ހިމެނޭ ގޮތަށް ގިނަ އެއްޗެހިތަކެއްވެސް ފެނިފައެވެ. އެމީހުން ބުނެފައިވަނީ އެތަކެތި ސަންދޯކާއެކު ބަހައްޓާފައިވަނީ މަރުވި މީހާގެ އާ ދިރިއުޅުމުގައި އެތަކެތި ބޭނުންކުރުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ޒަމާނުގައި އެގޮތަށް އެމީހުންގެ ގަބޫލުކުރުންތައް ހުންނާތީ މަރުވާ މީހުންނާއެކު ބައެއްކަލަ ބޭނުންތެރި ސާމާނުވެސް ސަންދޯކާއެކު ވަޅުލާފައި ހުންނަ ކަމަށެވެ. އާކިއޮލޮޖިސްޓުން ބުނެފައިވަނީ ކަށިތަކުގެ އިބްތިދާއީ ދިރާސާއިން އެނގުނު ގޮތުގައި ޕްރިންސަސް އިދްލީ މަރުވެފައިވަނީ އޭނާ އުފެދުމުގައި ފައިގައި ހުރި މައްސަލައަކާ ގުޅިގެން އުމުރުން 40 އަހަރު ވުމުގެ ކުރިންނެވެ. މި ހޯދުމުގައި އިސްކޮށް އުޅުއްވި ފްރެއި ޔުނިވާސިޓީޓް ބާލިންގެ އާކިއޮލޮޖިސްޓް ޕްރޮފެސަރު ޖޮޗެމް ކަހްލް ސިފަކުރެއްވި ގޮތުގައި މިއީ ރީތި ގޮތުންނާއި ސައިންޓިފިކް ގޮތުން ވެސް އާދަޔާ ހިލާފު ހޯދުމެކެވެ. ދިރާސާ ޓީމުގައި އިސްކޮށް އުޅުއްވި ޖަރުމަނު ރައްޔިތެއްކަމަށްވާ ކަހްލް ބުނެފައިވާ ގޮތުގައި އެ ދިރާސާގެ ސަބަބުން އިހުގެ މިސްރުގައި އަންހެނުންގެ މަގާމާއި ޢިލްމު ބަދަލުކުރުމާ ބެހޭ ގޮތުން އާ އަދި ދުރުރާސްތާ ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ