މާލެ: 31°C

ޓްރަމްޕް އަނބުރާ ވެރިކަމަށް

November 6, 2024
2 ފަހަރު ބަލާފައި
ޓްރަމްޕް އަނބުރާ ވެރިކަމަށް
ޓްރަމްޕް އަނބުރާ ވެރިކަމަށް
އެމެރިކާގެ ރިޔާސީ އިންތިހާބު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފި އެވެ. އެމެރިކާގައި ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން މިހާތަނަށް ޑޮނާލްޑް ޓްރަމްޕް ވަނީ 267 އިލެކްޓޯރަލް ވޯޓް ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ރައީސް ކަމަށް އިންތިހާބު ވުމަށް ބޭނުންވަނީ 270 އިލެކްޓޯރަލް ވޯޓެވެ. މިހާތަނަށް ބައެއް ސްޓޭޓް ތަކުގެ ނަތީޖާ އަދި ލިބިފައި ނުވިމނަމަވެސް އަދިވެސް އިތުރަށް ޓްރަމްޕް އަށް ބައެއް ސްޓޭޓް ތަކުގެ އިލެކްޓޯރަލް ވޯޓުގެ އަގުލަބިއްޔަތު ލިބޭނެކަމަށް ލަފާކުރެވޭތީ މިހާރު ޓްރަމްޕް އަށްވަނީ އިންތިހާބު ކާމިޔާބުކުރެވިފައިކަން ޖަގީން ވެފައެވެ. މިހާތަނަށް ނަތީޖާ ލިބުނު އިލެކްޓޯރަލް ވޯޓިންގެ ނަތީޖާއިން ކަމަލާ ހެރިސް އަށް ލިބިފައި ވަނީ 214 އިލެކްޓަރުންގެ ވޯޓެވެ. އެހެންކަމުން މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކަމަލާ އަށް މިހާރު ވަނީ ބަންދުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ