މާލެ: 31°C

ޑޯލްއަކާ ކައިވެނިކޮށްގެން އުޅޭ ޖަޕާނު މީހަކު 6 ވަނަ އެނިވާސަރީ ފާހަގަކޮށްފި

November 5, 2024
2 ފަހަރު ބަލާފައި
ޑޯލްއަކާ ކައިވެނިކޮށްގެން އުޅޭ ޖަޕާނު މީހަކު 6 ވަނަ އެނިވާސަރީ ފާހަގަކޮށްފި
ޑޯލްއަކާ ކައިވެނިކޮށްގެން އުޅޭ ޖަޕާނު މީހަކު 6 ވަނަ އެނިވާސަރީ ފާހަގަކޮށްފި
ޑޯލް އަކާ ކައިވެނިކޮށްގެން އުޅޭ ޖަޕާނުގެ ފިރިހެނަކު އޭނާގެ ކައިވެނީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ. 2018 ވަނަ އަހަރުން ފެށިގެން ޑޯލްއަކާ ކައިވެނިކޮސްގެން އުޅޭ ޖަޕާޏު މީހެއް ކަމަށްވާ އަކިހިކޯ ކޮންޑޯ ކައިވެނިކޮށްގެން އުޅޭ ޑޯލް އަށް އޭނާ ކިޔާ ނަމަކީ ހަޓްސޫން މިކޫއާ އެވެ. 2018 ވަނަ އަހަރު އޭނާ އެ ޑޯލް ޢާއި ކައިވެނި ކުރިއިރު އެ ކައިވެނި މާގިނަ ދުވަހު ދެމި އޮންނާނެކަމަށް އޭނާގެ އެއްވެސް ރައްޓެއްސަކުވެސް ގަބޫލު ނުކުރާކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ދާދި ފަހުން ކޮންޑޯ ވަނީ އޭނާގެ ޑޯލް އަނބިމީހާދެކެ ލޯބިވާކަން އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް ހާމަކުރުމުގެ ގޮތުން ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެ މީހުންގެ 6 ވަނަ އެނިވާސަރީ ފާހަގަކުރުމަށް ކޭކެއްގެ ރަސީދު ހިއްސާކޮށްފަ އެވެ. މިކޫ އަކީ ހޮލޯގްރާމް ލަވަކިޔުންތެރިއެއް ކަމަށާއި އޭނާ މަޝްހޫރުވެފައި ވަނީ ލަވަކިޔުމުގެ އަޑު ސިންތެސިސަރ ސޮފްޓްވެއާގެ ބާވަތެއް ކަމަށްވާ ވޮކަލޮއިޑެއްގެ ގޮތުގަ އެވެ. އެ ކެރެކްޓާ 2007 ވަނަ އަހަރު ރިލީޒްކުރުމުން ކޮންޑޯ ވަގުތުން އެ ވކެރެކްޓަރ ދެކެ ލޯބިވި އެވެ. ޖަޕާނުގެ ނިއުސް އައުޓްލެޓް "ދަ މައިނިޗީ ޝިމްބުން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސެކަންޑަރީ ސްކޫލު ދައުރު ފެށުމުގެ ކުރިން އަންހެނުންނަށް ޝައުގުވެރިވާ ކަމަށެވެ. ނަމަވެސް އޭނާ ރައްޓެހިވި 7 އަންހެން ކުދިންވެސް އޭނާ ދޫކޮށްލީ އޭނާ އަކީ އެނިމޭ އާއި މަންގާއަށް މޮޔަވެގެން އުޅޭމީހެއްކަމަށް ބުނެ މީހުން އޭނާއަށް ބުލީ ކުރާތީކަމަށެވެ. އެއަށްފަހު އޭނާ ޑޯލް އާ ކައިވެނިކުރަން ނިންމައި 2018 ވަނަ އަހަރު ޓޯކިޔޯގެ ޗެޕަލެއްގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތައް  2 މިލިއަން ޔެން (13،000 އެމެރިކާ ޑޮލަރު) އޭނާ ވަނީ ހޭދަކޮށްފައެވެ. ޖަޕާނުގައި ޑޯލް ތަކާ ނުވަތަ ފިޒިކަލް އެނިމޭޝަން ކާޓޫން ތަކާ ކައިވެނިކުރުން މިހާރު ވަރަށް ބޮޑަށް ވަނީ ޢާއްމު ވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ