"އަޅުގަނޑަށް އެއީ 20 މާޗް 1980،" ޑި އެޑަމޯ ބުނެފައިވެއެވެ.ޑޮކްޓަރުން އަދިވެސް ދަނީ ޑިއެޑަމޯގެ ދިރިއުޅުން އެއްކޮށް ލުމަށް އެހީތެރިވަމުންނެވެ. ހަނދާން ނެތް 39 އަހަރުގެ ފޮޓޯތަކާއި ވީޑިއޯތައް ދައްކައިގެން އޭނާގެ ހަނދާންތައް އާކުރަން އޭނާގެ އަންހެނުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޑިއެޑަމޯއަށް އަކީ ފުޓުބޯޅައަށް ވަރަށް ފޮރި ހުންނަ ރޯމާ ގެ ވަރަށް ވަރުގަދަ ސަޕޯޓަރެކެވެ. ނަމަވެސް ރޯމާއިން 1983 ވަނަ އަހަރާއި 2001 ވަނަ އަހަރު ހޯދި ދެ ތަށީގެ ހަނދާން ހަނދާނެއްވެސް އަދި ރޯމާގެ ލެޖެންޑަރީ ކުޅުންތެރިޔާ ފްރާންސެސްކޯ ޓޮޓީ އަކީ ކާކުކަން ވެސް އޭނާއަކަށް ނޭގުނެވެ.
2019 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައި ކޯމާއަކަށްދިޔަ 68 އަހަރުގެ މީހަކު ކޯމާއިން ހޭ އެރުމުން އޭނާގެ އުމުރަކީ 23 ކަމަށާއި މިއީ 1980 ކަމަށް ބުނެފި

2019 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައި ކޯމާއަކަށްދިޔަ 68 އަހަރުގެ މީހަކު ކޯމާއިން ހޭ އެރުމުން އޭނާގެ އުމުރަކީ 23 ކަމަށާއި މިއީ 1980 ކަމަށް ބުނެފި
ލިޔުން:
2019 ވަނަ އަހަރު އިޓަލީގައި ހިނގި ކާރު އެކްސިޑެންޓެއްގައި ކޯމާއަކަށްދިޔަ 68 އަހަރުގެ މީހަކު ކޯމާއިން ހޭ އެރުމުން އޭނާގެ އުމުރަކީ 23 ކަމަށާއި މިއީ 1980 ކަމަށް ބުނެފިއެވެ.
2019 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓްގައި ކޮމާއަށް ދިޔަ 68 އަހަރުގެ ލުސިއާނީ ޑިއެޑަމޯ ކޯމާއިން ހޭ އެރުމާއެކު އޭނާ ޑޮކްޓަރ ގާތު ބުނީ އޭނާގެ މަންމް އަށް ގުޅައިދިނުމަށެވެ. އޭނާގެ އަނބިމީހާއާއި ދަރިން އައުމުންވެސް އޭނާއަކަށް ނުއެނގުނެވެ. އަދި އޭނާގެ މަންމަ ވަނީ މަރުވެފައިކަންވެސް އޭނާގެ ހަނދާނަކު ނެތެވެ.
އުމުރުން ދުވަސްވީ އަންހެނަކު އައިސް އޭނާގެ ނަމުން މުހާތަބު ކޮށް އެއީ އޭނާގެ އަނބިމީހާކަމަށް ބުނުމުން އޭނާއަށް ގަބޫލު ނުކުރެވުނު ކަމަށާއި އަދި އެ އަންހެން މީހާއާއިއެކު އައި 19 އަހަރުގެ ފިރިހެން ކުއްޖެއް ތިޔައީ ތިމަންނާގެ ބައްޕައޭ ބުނުމުން އޭނާއަށް ގަބޫލުނުކުރެވުނު ކަމަށާއި 23 އަހަރުގެ މީހަކަށް 19 އަހަރުގެ ދަރިއަކު ލިބޭނީ ކިހިނަކުންކަމެއް އޭނާއަށް ނުވިސްނުނުކަމަށް އޭނާ އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
އަދި އެވަގުތު ތިމަންނާ އަދި މީހަކާ ނީންނަން ކަމަށާއި ރައްޓެހިވެގެންވެސް އުޅެނީ 19 އަހަރުގެ ކުއްޖަކާ ކަމުގައި ބުނުމާއެކު އޭނާގާތުގައި ރަނގަޅަށް އަމިއްލަ ހަށިގަނޑަށް ބަލައިލުމަށް ޑޮކްޓަރުން ބުނުމުން އޭނާ އަމިއްލަ ހަށިގަނޑަށް ބަލައިލެވުނު ވަގުތު ހަޅޭތް ލަވައިގަނެވުނު ކަމަށް އޭނާ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
