ޓާޓާ ކުންފުނިން އިންޑިއާގައި މިލިޓަރީ އެއާކްރފްޓް އުފައްދަން ފަށައިފި

ޓާޓާ ކުންފުނިން އިންޑިއާގައި މިލިޓަރީ އެއާކްރފްޓް އުފައްދަން ފަށައިފި
ލިޔުން:
ސީ-295 ގެ އަސްކަރީ މަތިންދާބޯޓު އުފައްދުމަށް ހާއްސަކޮށް، ޓާޓާ ކުންފުނިން އިންޑިއާގެ ގުޖުރާތުގެ ވަޑޯދްރާ ސިޓީގައި ކާރުހާނާއެއް ހަދައިފިއެވެ.
ޓާޓާ ކުންފުނިން ގާއިމްކޮށްްފައިވާ ޓާޓާ އެއާކްރާފްޓް ކޮމްޕްލެކްސް އިފްތިތާހުކޮށްދެއްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްޕެއިންގެ ރައީސް ޕެޑްރޯ ސަންޗޭޒް އެވެ.
ސީ-295 ޕްރޮގްރާމްގެ ދަށުން 56 މިލިޓަރީ އެއާކްރާފްޓް އުފައްދަން އިންޑިއާއިން ނިންމާފައިވާއިރު ފުރަތަމަ 16 މަތިންދާބޯޓު އުފެއްދުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެއާބަސް އިން ކަމަށާއި ބާކީ 40 މަތިންދާބޯޓު އުފައްދާނީ އެ ކާރުހާނާގައި ކަމަށް އިންޑިއާއިން ބުނެފައިބބެއެވެ.
އެހެންކަމުން އެކާރުހާނާ ވެގެންގޮސްފައިވަނީ އިންޑިއާގައި އަސްކަރީ މަތިންދާބޯޓު އުފައްދާ ޕްރައިވެޓް ސެކްޓާ ފައިނަލް އެސެމްބްލީ ލައިން (އެފްއޭއެލް) ގެ ފުރަތަމަ ކާރުހާނާއަށެވެ.
އިންޑިއާގެ ގްގްރާތް ގެ ވަޑޯދްރާގައި ގާއިމްކޮށްފައިވާ ސީ-295 އެއާކްރާފްޓް އުފައްދާ ކާރުހާނާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާލުވެފައިވަނީ އެ ކާރުހާނާގެ ސަބަބުން މަތިންދާ ބޯޓް އުފެއްދުމުގައި އިންޑިއާއަށް ދުނިޔޭގެ އިތުބާރު ލިބިގެންދާނެ ކަމަށާއި، އެ ކާރުހާނާގައި އުފައްދާ މަތިންދާބޯޓުތައް ކައިރި މުސްތަގުބަލެއްގައި އެގައުމުން އެކްސްޕޯޓް ކުރާނެ ކަމަށެވެ. އަދި ޓާޓާ-އެއާބަސް މެނުފެކްޗަރިންގ ކާރުހާނާގެ ސަބަބުން އިންޑިއާ އާއި ސްޕެއިންގެ ގުޅުން އިތުރަށް ބަދަހިވެ، "މޭކް އިން އިންޑިއާ، މޭކް ފޯ ދަ ވޯލްޑް" މިޝަން އިތުރަށް ވަރުގަދަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ސީ-295 އަކީ ޒަމާނީ އަސްކަރިއްޔާއެއްގެ އެކި ބޭނުންތަކަށް ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.
ކާގޯ ޓްރާންސްޕޯޓް:
މި މަތިންދާބޯޓުގައި ބަރު މުދާ އުފުލޭނެ ކަމަށާއި އޭގެ ތެރޭގައި ވެހިކަލްތަކާއި ހެލިކޮޕްޓަރުގެ އިތުރުން އެހެނިހެން އޯވާސައިޒް ކާގޯ ވެސް ހިމެނޭ.
ޓެކްޓިކަލް ޓްރާންސްޕޯޓް:
މި މަތިންދާބޯޓަކީ ދުރު ނުވަތަ ހަނގުރާމަމަތީ ސަރަހައްދުތަކަށް ބޭނުންވާ ސާމާނާއި އާލާތްތަކާއި ސިފައިން ވައިގެ މަގުން ގެންދިއުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓެކެވެ.
ސަވައިލަންސް:
މި މަތިންދާބޯޓަކީ ރިކޮނިސެންސް އަދި އިންޓެލިޖެންސް އެއްކުރުމުގެ މިޝަންތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓެކެވެ.
މެޑިކަލް އިވެކުއޭޝަން:
މި މަތިންދާބޯޓުތަކުގައި ބަލި މީހުންނާއި ޒަހަމްވާ ސިފައިންނަށް ދަތުރުމަތީގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ގާބިލްކަން ގާއިމްކޮށްފައިވޭ.
އިންސާނީ އެހީ:
މި މަތިންދާބޯޓުތަކުގައި ގުދުރަތީ ކާރިސާތައް ހިނގާ ސަރަހައްދުތަކަށް ނުވަތަ އިންސާނީ ކާރިސާތަކުގައި ރިލީފް ސާމާނާއި މީހުން ގެންދިއުމުގެ ގާބިލްކަން ގާއިމްކޮސްފައިވޭ
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
