އިސްރާއިލުން އިރާނަށް ހަމަލާދިނުމަށް އިރާގުގެ ވައިގެ ސަރަޙައްދު ބޭނުންކުރާ މައްސަލަ އދ އަށް ހުށަހަޅައިފި

އިސްރާއިލުން އިރާނަށް ހަމަލާދިނުމަށް އިރާގުގެ ވައިގެ ސަރަޙައްދު ބޭނުންކުރާ މައްސަލަ އދ އަށް ހުށަހަޅައިފި
ލިޔުން:
އިސްރާއިލުން އިރާނަށް ހަމަލާދިނުމަށް އިރާގުގެ ވައިގެ ސަރަޙައްދު ބޭނުންކުރާ މައްސަލަ އދ އަށް ހުށަހަޅައިފިއެވެ.
އިރާގުން ހޯމަ ދުވަހު (އޮކްޓޯބަރު 28) ބުނީ ހަފުތާ ބަންދުގައި އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނަށް ހަމަލާދިނުމަށް އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައިވާތީ އދ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެކަމުގެ ޝަކުވާގެ ސިޓީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަށާއި އދ.ގެ ސަލާމަތީ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
އިރާގު ސަރުކާރުގެ ތަރުޖަމާނު ބާސިމް އަލަވާދީ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އީރާނަށް ހަމަލާއެއް ދިނުމަށް އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އިޒްރޭލުން އިރާގުގެ ވައިގެ ސަރަހައްދާއި އިސްތިގުލާލަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގެންފައިވާކަމަށް ބަޔާންކޮށް އެކަން ކުއްވެރިކޮށްފައިވާނެކަމަށެވެ.މިދިޔަ ހޮނިހިރު ދުވަހު (އޮކްޓޯބަރު 26) އިސްރާއީލުގެ އަސްކަރިއްޔާއިން އީރާނަށް ހަމަލާދޭން ފެށީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާއާ ގުޅިގެންނެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މިސައިލް ފެކްޓްރީތަކާއި ތެހެރާން ކައިރީގައި ހުރި އެހެނިހެން ތަންތަނާއި އީރާނުގެ ހުޅަނގުގެ ބައެއް އަމާޒުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ. އެ ހަމަލާ ތަކާ ގުޅިގެން
އިރާނުން ބުނެފައިވަނީ އެ ހަމަލާގައި ހަތަރު ސިފައިން މަރުވެފައިވާ ކަމަށާއި ހަމަލާތަކުގެ ސަބަބުން މަދު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސް ކޮމާންޑަރު ވަނީ އީރާނުގެ އަސްކަރީ ތަންތަނަށް ހަމަލާ ދިނުމުން އިޒްރޭލަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
