މާލެ: 31°C

ހުރިހާ އަންހެންނުންވެސް ބޯންވީ ސްޕިއާ މިންޓް ޓީ

October 26, 2024
1974 ފަހަރު ބަލާފައި
ހުރިހާ އަންހެންނުންވެސް ބޯންވީ ސްޕިއާ މިންޓް ޓީ
ހުރިހާ އަންހެންނުންވެސް ބޯންވީ ސްޕިއާ މިންޓް ޓީ
ސްޕިއާމިންޓް ފަތަކީ މިންޓް ފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފަތެކެވެ. ޕެޕާ މިންޓް އާ އެއްގޮތްކަމެއް ހުއްޓަސް މިއީ ޕެޕާ މިންޓެއް ނޫނެވެ. ސްޕިއާ މިންޓަކީ ކުރިން ޔޫރަޕްގައި ހައްދައި އުޅުނު އެއްޗެއްނަމަވެސް މިހާރު އެޝިއާ ހިމެނޭ ގޮތުން ދުނިޔޭގެ ހުރިހާ ބައްރަކުންވެސް ޕެޕާމިންޓް ލިބެން އެބަހުއްޓެވެ. ޕެޕާ މިންޓަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް އެކުލެވޭ ފަތެކެވެ. މި ފަތުގެ ސައި ބުއިމަކީ ހޯމޯންސް ބެލެންސް ކުރުމާއި، ހަކުރު ކޮންޓްރޯލް ކުރުމާއި ހަޖަމުގެ މައްސަލަތައް މަދުކޮށްދޭ އަދި ސްޓްރެސް ފިލުވައިދީ މީހާގެ ހަނދާންވެސް ވަރުގަދަކޮށްދޭ އެއްޗެކެވެ. ހޯމޯން އިންބެލެންސް އެއް ހުންނަ އަންހެނުންނަށް ސްޕިއާ މިންޓް ޓީ އަކީ ރަނގަޅު ހައްލެއްކަމުގައި ދިރާސާތަކުން ދައްކައެވެ. މިގޮތުން، ހޯމޯން އިންބެލެންސް ހުންނަ އަންހެނުން ސްޕިއާ މިންޓް ޓީ ބޯނަމަ ފިރިހެން ހޯމޯންސް ކަމަށްވާ ޓެސްޓެސްޓްރޯން ދަށްކޮށްދެއެވެ. އަދި އަންހެން ހޯމޯންސް ކަމަށްވާ ލޫޓިނައިޒިން ހޯމޯންސް،  ފޮލިކަލް ސްޓިމުލޭޓިންގ ހޯމޯންސް އަދި އެސްޓްރަޑިއޮލް އިތުރުކޮށްދެއެވެ. އަދި ކޮންމެ ދުވަހުގެ 2 ތަށި ސްޕިއާ މިންޓް ބުއިމުން އަންހެން ހޯމްންސް އިތުރުކޮށްދިނުމުގެ އިތުރުން އޮވަރީގައި ހުންން ސިސްޓް ނުވަތަ ޕީސީއޯސް ހުންނަ  މީހުންނަށް މިއީ ރަނގަޅު ފަރުވާއެއްކަމަށް ދިރާސާވެރިން ބުނެއެވެ. މީގެ އިތުރުން ސްޕީއާ މިންޓް ޓީ ބުއިމުން އަންހެނުންގެ މޫނުގައި ހުންނަ ބޭނުންވާ ނުވާ ކުދި އިސްތަށިތައްވެސް މަދުކޮށްދެއެވެ. ދިރާސާވެރިން ބުނާ ގޮތުން މި އިސަތަށިތަކުގެ ހައްލަކަށް ސްޕިއާ މިންޓް ޓީ ވަނީ ސްޕިއާ މިންޓް ބުއިމުގެ ސަބަބުން އަންހެނުންގެ ހޯމޯން ބެލެންސް ކޮށްދޭތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ