ބޫޓު ކުނިވަސްބަލަން އަވަށްޓެރިންގެ ގެތަކަށް ވަންނަ މީހަކަށް 6 މަހުގެ ޖަލުހުކުމެއް އިއްވައިފި

ބޫޓު ކުނިވަސްބަލަން އަވަށްޓެރިންގެ ގެތަކަށް ވަންނަ މީހަކަށް 6 މަހުގެ ޖަލުހުކުމެއް އިއްވައިފި
ލިޔުން:
ބޫޓު ކުނިވަސްބަލަން އަވަށްޓެރިންގެ ގެތަކަށް ތަކުރާރުކޮށް ވަނުމުގެ ކުށުގައި ގްރީސް ގެ މީހަކަށް އެގައުމުގެ ކޯޓަކުން 6 މަސްދުވަހުގެ ޖަލުހުކުމެއް އިއްވައިވައިފިއެވެ.
ބޫޓުން ވަސް ބަލަން ތަކުރާރުކޮށް އަވަށްޓެރިންގެ ގެތަކަށް ޒިޔާރާތް ކުރުމުން އެކަމާ އުނދަގޫވެގެން އަވަށްޓެރިންގެ ފަރާތުން ހުށަހެޅި މައްސަލަ އާއި ގުޅިގެން އުމުރުން 28 އަހަރުގެ ތެސަލޮނިކީ ކޯޓުގައި ވަނީ އޭނާގެ އެ އަމަލާ މެދު ހިތާމަކުރާ ކަމަށާއި އެ އަމަލު ދިފާއުކުރުމަށް ދައްކާނެ އިތުރުވާހަކައެއް ނެތްކަމަށް ބުނެފައެވެ.
އެ އަމަލާ ގުޅޭގޮތުން އޭނާ ކޯޓުގައި ބުނެފައިވަނީ ގާނޫނާ ޚިލާފުވެ އެއްވެސް މީހަކަށް އަދި މުދަލަކަށްވެސް ގެއްލުމެއް ދިނުމުގެ ގަސްތެއް އޭނާގެ ނެތަކަމަށާއި އޭނާގެ އެ އަމަލުގެ ސަބަބުން މިހާރު ދެރަވެ ލަދުގަންނަކަމަށެވެ.
އެ މައްސަލާގައި އަވައްޓެރިންގެ ފަރާތުން ކޯޓުގައި ހެކިބަސްދިން ފަރާތްތަކުންވެސް ބުނެފައިވަނީ އޭނާގެ ގެ އަށް ވަދެ ބޫޓުތަކުން ވަސްބެލުން ފިޔަވައި އިތުރު އެހެން ކަމެއް ނުކުރާކަމަށާއި އަދި އޭނާގެ ފަރާތުން އިތުރު އެހެން އުނދަގޫކަމެއްވެސް ކުރިމަތިވެފައިނުވާ ކަމަށެވެ.
އަވަށްޓެރިން ބުނެފައިވަނީ އެނާ ގެއަށް އައިސް ބޫޓުތަކުން ވަސްބަލަން ފެށުމުން އެކަން ހުއްޓުވުމަށް އޭނާގެ އާއިލާގެ މީހުން ގާތުވެސް އެވާހަކަ ދައްކާފައިވާނެ ކަމަށާއި ނަމަވެސް އޭނާގެ އަމަލު ތަކުރާރުވަމުން ދިއުމުން ފުލުހުންނަށް ރިޕޯޓުކުރީ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
