މާލެ: 31°C

315 މިލިއަން ރުފިޔާގެ ޒަމާނީ ފަޔަރ ސްޓޭޝަނެއް ފަޔަރ އެލާމް ނެތުމުގެ ސަބަބުން އަނދާހުލިވެއްޖެ

October 21, 2024
2 ފަހަރު ބަލާފައި
315 މިލިއަން ރުފިޔާގެ ޒަމާނީ ފަޔަރ ސްޓޭޝަނެއް ފަޔަރ އެލާމް ނެތުމުގެ ސަބަބުން އަނދާހުލިވެއްޖެ
315 މިލިއަން ރުފިޔާގެ ޒަމާނީ ފަޔަރ ސްޓޭޝަނެއް ފަޔަރ އެލާމް ނެތުމުގެ ސަބަބުން އަނދާހުލިވެއްޖެ
ޖަރުމަނުވިލާތުގައި އަލަށް ހިދުމަތްދޭންފެށި 17.5 މިލިއަން ޑޮލަރުގެ ޒަމާނީ ފަޔަރ ސްޓޭޝަނެއް ފަޔަރ އެލާމް ނެތުމުގެ ސަބަބުން އަނދާހުލިވެއްޖެއެވެ. ޖަރުމަނު ވިލާތުގެ ސްޓެޑަލެންޑޯފް ފަޔަރ ޑިޕާޓްމަންޓުން މުޅިން އަލަށް އެއްމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމް ކޮށްފައިވާ އެތައް މިލިއަން ޑޮލަރުގެ ފަޔަރސްޓޭޝަނަށް ބަދަލުވެފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެ ސްޓޭޝަނަކީ އަލިފާން ނިންވަން ބޭނުންކުރާ އެއްމެ ޒަމާނީ ޓެކްނޮލޮޖީއާއި އެއްމެ ޒަމާނީ ވަސީލަތްތައް އެ ސްޓޭޝަނުގެ މުވައްޒަފުންނަށްވެސް ފޯރުކޮށްދީފައިވާ ފަޔަރ ސްޓޭޝަނެއްކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެއްމެ ފަހުގެ ޒަމާނީ ޓެެކްނޮލޮޖީއާއި އެއްމެ ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ އަގުބޮޑު ފަޔަރ ސްޓޭޝަން މުޅިން އަނަދައިގެން ދިޔައީ އެ ސްޓޭޝަނުގައި ފަޔަރ އެލާމް ނެތުމުންނެވެ. އެކަން އެހެން ވާން ދިމާވި ސަބެއްކަމަށްވަނީ ޖަރުމަނުގެ ލޯކަލް ބިލްޑިންގ ކޯޑުގައި ފަޔަރ ސްޓޭޝަން ތަކުގައި ފަޔަރ އެލާމް ހުރުން ލާޒިމް ކޮށްްފައިނުވާތީ ކަމަށްވެއެވެ. އަދި ބިލްޑިންގ ކޯޑުގައި އެކަން ލާޒިމް ކޮށްްފައިނެތުމުން ޙަރަދުކުޑަކުރުމުގެ ބޭނުމުގައި ފަޔަރ އެލާމް ސިސްޓަމް އެ އިމާރާތުގައި ހަރުނުކުރީކަމަށްވެސް ކަމާ ގުޅުންހުރި ފަރާތްތަކާ ޙަވާލާދީ މީޑިޔާގައި ރިޕޮޓްކޮށްފައިވެއެވެ. ގާތްގަނޑަކަށް 21،500 މީހުން ދިރިއުޅޭ ސްޓެޑަލެންޑޯފް ގެ އައު ފަޔަސްޓޭޝަނަށް އެ މީހުންގެ ހުރިހާ ސާމާނެއް ހަމަކޮށް އެ ސްޓޭޝަނުގެ ހިދުމަތް ދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ސްޓޭޝަނަކީ 17.5 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ގާއިމް ކޮށްފައިވާ އެއްމެ ޒަމާނީ ފަޔަރ ސްޓޭޝަނެކެވެ. މި މަހުގެ 16 ވަނަ ދުވަހުގެ ފަތިހު ސްޓެޑަލެންޑޯފް ފަޔަރ ސްޓޭޝަނުގައި އަލިފާން ރޯވުމުންވެސް އެ ސްޓޭޝަނުގެ ފަޔަރ މަނުންނަށް އެކަން ނޭނގޭކަމަށް ވެއެވެ. ސަބަބަކީ ފަޔާރ އެލާމު ނެތުމާއި ފަތިހުގެ ވަގުތުކަމަށްވުމުން ޑިއުޓީގައި ތިބި މީހުންނަށް ނުފެންނަ ހިސާބުގައި ފުރަތަމަ އަލިފާން ރޯވުމެވެ. ފަޔަރ ސްޓޭޝަނުގައި އަލިފާން ރޯވެފައިވާ ކަން އެނގުމާއެކު އެ ސްޓޭޝަނުގައި ތިބި 170 ފަޔަރ މަނުން އަލިފާން ނިންވުމަށް ޙަރަކާތްތެރިވިނަމަވެސް ސްޓޭޝަނުގައި ބޭނުންކުރާ އެއްމެ ޒަމާނީ 10 ފަޔަރ ލޮރީ އާއެކު މުޅި ފަޔަރ ސްޓޭޝަން ވަނީ އަނދާހުލިވެފައެވެ. އަދި އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުން 22 މިލިއަނާއި 26 މިލިއަން ޑޮލަރުގެ އަދަދަކަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ