އިންޑޮނޭޝިއާގެ އަށް ވަނަ ރައީސް މަގާމާ ހަވާލުވެވަޑައިގެންފި

އިންޑޮނޭޝިއާގެ އަށް ވަނަ ރައީސް މަގާމާ ހަވާލުވެވަޑައިގެންފި
ލިޔުން:
އިންޑޮނޭޝިޔާގެ ރައީސްކަމުގެ މަޤާމާ ޕްރަބޮވޯ ސުބިއަންތޯ (ފޮޓޯ) ހަވާލުވެ ވަޑައިގަންނަވައިފިއެވެ.
ރައީސްކަމުގެ މަޤާމުގެ ހުވައި ޕްރަބޮވޯ ކުރައްވާފައި ވަނީ, ވެރިރަށް ޖަކާޓާގައި ހުންނަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އޭނާގެ ރަނިން މޭޓެއްގެ ގޮތުން ނައިބު ރައީސްކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ, ވެރިކަމުން ވަކިވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޖޮކޯ ވިޑޯޑޯ، މަޝްހޫރު ކަން: ޖޮކޯވީ ގެ ދޮށީ ދަރިކަލުން, 37 އަހަރުގެ ގިބްރާން ރަކަބުމިންގ ރަކަރްއެވެ.
ޢުމުރުން 73 އަހަރުގެ ޕްރަބޮވޯއަކީ، ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑިމޮކުރަސީ ކަމުގައިވާ އިންޑޮނީޝިޔާގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ފައުޖު ކަމުގައިވާ ސްޕެޝަލް ފޯސަސްގެ އިސް ޖެނެރަލެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މިއަހަރުގެ ފެބުރުވަރީ 17 ވަނަ ދުވަހު އިންޑޮނީޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕްރަބޮވޯ ކާމިޔާބީ ހޯއްދަވާފައި ވަނީ ވޯޓުލީ މީހުންގެ %60ގެ ތާޢީދާ އެކުގައެވެ. އިންޑޮނީޝިޔާގެ އަށް ވަނަ ރައީސްކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ޕްރަބޮވޯގެ އިންތިޚާބީ ވަޢުދުތަކުގެ ތެރޭގައި މަދަރުސާތަކުގައި ތަޢުލީމު ހާސިލު ކުރާ ހުރިހާ ދަރިވަރުންނަށް ހިލޭ ކެއުން ފޯރުކޮށްދިނުން ހިމެނެއެެވެ.
އިންތިޚާބަށް ފަހު ފާއިތުވި ނުވަ މަސް ދުވަސް ޕްރަބޮވޯ ހޭދަ ކުރައްވާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ތާޢީދު ހޯއްދެވުމުގައެވެ. އަދި, ނުފޫޒުގަދަ އިއްތިޙާދެއް އެކުލަވައި ލެއްވުމުގައެވެ. ރައީސްކަމުގެ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހު ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕްރަބޮވޯ ވަނީ އިންޑޮނީޝިޔާގެ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެން ވަޢުދުވެ ވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި އިދިކޮޅު ކެނޑިޑޭޓުންނަށް ވޯޓުލާފައިވާ މީހުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
