އެ ދެމަފިރިން ބުނެފައިވަނީ އެމީހުންގެ އުއްމީދަކީ ކަނޑުއަޑީގެ ކައިވެނީގެ ހަފްލާ ހިއްސާކުރުމުން ސައޫދީ އަރަބިއްޔާގެ ޑައިވިން ދާއިރާ މަޝްހޫރުވެ އެހެން މީހުންނަށް ޑައިވްކުރުމަށް ހިތްވަރު ލިބުންކަމަށާއި، އަދި އެގައުމުގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ދުރުވިސްނުމާ އެއްގޮތަށް ޓޫރިޒަމް ގެ ސިނާ އަތު ކުރިއެރުވުމަށް ހިތްވަރު ދިނުން ކަމަށެވެ.
"މިއީ ޕްރިންސް އޮފް ޔޫތު އަދި އަޅުގަނޑުމެންގެ ބޮޑު ގައުމުގެ ދުރުވިސްނުންތެރި ލީޑަރު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އަޅުގަނޑުމެންނަށް އެހީތެރިވެދެވޭނެ އެއް ގޮތް."އެ ދެމަފިރިން ބުނެފައިވެއެވެ.







