މާލެ: 31°C

އީރާނަށް ހަމަލާދޭން އިޒްރޭލުން ރާވާފައިވާ ގޮތުގެ ސިއްރު ލިޔުންތައް ލީކުވި މައްސަލަ އެމެރިކާއިން ތަހުގީގު ކުރަނީ

October 20, 2024
2 ފަހަރު ބަލާފައި
އީރާނަށް ހަމަލާދޭން އިޒްރޭލުން ރާވާފައިވާ ގޮތުގެ ސިއްރު ލިޔުންތައް ލީކުވި މައްސަލަ އެމެރިކާއިން ތަހުގީގު ކުރަނީ
އީރާނަށް ހަމަލާދޭން އިޒްރޭލުން ރާވާފައިވާ ގޮތުގެ ސިއްރު ލިޔުންތައް ލީކުވި މައްސަލަ އެމެރިކާއިން ތަހުގީގު ކުރަނީ
އީރާނަށް ހަމަލާދޭން އިޒްރޭލުން ރާވާފައިވާ ގޮތުގެ ސިއްރު ލިޔުންތައް ލީކުވި މައްސަލަ އެމެރިކާއިން ތަހުގީގު ކުރަން ފަށާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްވެ ހުންނަވާ އެމެރިކާގެ ސަރުކާރުން އީރާނަށް ހަމަލާދޭން އިޒްރޭލުން ރާވާފައިވާ މިންވަރު ހާމަވާ ސިއްރު ލިޔުންތައް ގަވާއިދާ ހިލާފަށް އާންމުކުރި މައްސަލަ ބަލަމުން އަންނަ ކަމަށް އެމެރިކާގެ ތިން އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން އާދީއްތަ ދުވަހު (އޮކްޓޯބަރު 20) ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެން އޮފިޝަލަކު ވަނީ އެ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމަށް ބެލެވޭ ކަން ކަށަވަރުކޮށްދީފަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ސިއްރު ކޮށްފައިވާ ލިޔުންތަކަކީ އެމެރިކާގެ ޖިއޯސްޕެޓިއަލް އިންޓެލިޖެންސް އެޖެންސީ އާއި ނޭޝަނަލް ސެކިއުރިޓީ އެޖެންސީއަށް ނިސްބަތްވާ ލިޔުންތަކެއް ކަމަށެވެ. އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން އިރާނަށް އަސްކަރީ ހަމަލާއެއް ދިނުމަށް ޓަކައި އިސްރާއީލަށް އަސްކަރީ ވަސީލަތްތައް އެމެރިކާއިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަން އެ ލިޔުންތަކުގައި ފާހަގަކޮށްފައިވެ އެވެ. އެ ލިޔުންތަކަކީ ޓޮޕް ސީކްރެޓް ލިޔުންތަކެއް ކަމަށާއި އެ ލިޔުންތައް އޮންލައިންކޮށް ޓެލެގްރާމަށް ޕޯސްޓްކޮށް އެންމެ ފުރަތަމަ ރިޕޯޓްކުރީ ސީއެންއެން އާއި އެކްސިއޯސް އިން ކަމަށެވެ. އެމެރިކާގެ ހަތަރު އޮފިޝަލުންގެ ތެރެއިން އެކަކު އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ބުނީ އެ ލިޔުންތައް ހޯދީ ކިހިނެއްތޯ ވެސް ބައިޑަންގެ ސަރުކާރުން ބަލަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އެއީ އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީގެ މެމްބަރަކު ގަސްދުގައި ލީކުކޮށްލި ލިޔުންތަކެއްތޯ ނުވަތަ ހެކެއް ފަދަ އެހެން މެތަޑަކުން ހޯދާފައިވާ ލިޔުންތަކެއްތޯ އާއި އިންޓެލިޖެންސްގެ އެހެން މައުލޫމާތެއް ކޮމްޕްރޮމައިޒް ކޮށްފައިވޭތޯ ވެސް ބަލަމުން އަންނަ ކަމަށެވެ. އެ ތަހުގީގުގެ ދަށުން އޮފިޝަލުން މަސައްކަތް ކުރަމުން ދަނީ އެ ލިޔުންތައް ޕޯސްޓް ކުރުމުގެ ކުރިން އެ ލިޔުންތައް ބަލާފައިވަނީ ކޮން ބަޔަކު ތޯވެސް ބަލާނެ ކަމަށް ބުނެއެވެ. އެ ލިޔުންތައް ލީކު ކޮށްލުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިރާނުގެ ފޮރިން މިނިސްޓަރު އަރަކްޗީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިޒްރޭލުން އީރާނަށް ހަމަލާ ދޭން އުޅެނީ ކިހިނެއް ކޮންއިރަކުކަން އެނގޭ މީހުންނާއި އަދި އެފަދަ މޮޔަކަމަކަށް ހިތްވަރުދީ އެއްބާރުލުން ދޭ ފަރާތްތައް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. ބާލިންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އީރާނުން ދޭ މިސައިލް ހަމަލާތަކަށް އިޒްރޭލުން ބަދަލު ހިފާނީ ކިހިނެއްކަމާއި ކޮން އިރަކުކަން ވެސް ވިސްނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ