"ފުރިހަމަ ތަހުގީގެއް ހިންގުމުގެ މަސްލަހަތަށްޓަކައި ހައްޔަރު ކުރުމުގެ އަމުރަކަށް އެދުނީ. ކޯޓުން އަޅުގަނޑުމެންގެ ޕެޓިޝަން ބަލައިގަނެ، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކުރަން އަމުރުކުރީ. އަދި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެކަމަނާ ހައްޔަރުކޮށް މި ކޯޓަށް ގެނައުމަށް ވެސް ވަނީ އަންގާފަ އެވެ.ގެއްލުވާލާފައިވާ މީހުންނާއި، މީހުން މެރުމާއި، މީހުން މެރުމުގެ ކުށުގެ ތުހުމަތުގައި ހަސީނާ އާއި އޭނާގެ އަވާމީ ލީގު ޕާޓީގެ އެހެން ލީޑަރުންނާ ދެކޮޅަށް މިހާތަނަށް 60 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވެ އެވެ. ހަސީނާގެ ދަރިފުޅު ސަޖީބު ވަޒީދު މިދިޔަ އޮގަސްޓް މަހު ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ މަންމަ ހުރީ ބަންގްލަދޭޝްގައި ޝަރީއަތާ ކުރިމަތިލާން ތައްޔާރަށް ކަމަށާއި މަންމަ ގޯސް އެއްވެސް ކަމެއް ކޮސްފައި ނުވާ ކަމަށެވެ. ބަންގްލަދޭޝްގެ ޑި-ފެކްޓޯ ފޮރިން މިނިސްޓަރު މުހައްމަދު ތައުހިދު ހުސައިން މިއަދު ވިދާޅުވީ، ކޯޓުން ކަނޑައަޅާފައިވާ އެއް މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ހަސީނާ އިންޑިއާއިން އަނބުރާ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ހަސީނާ ހައްޔަރުކުރުމަށް ބަނގުލަދޭޝް ގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން އަމުރުކޮށްފި

ހަސީނާ ހައްޔަރުކުރުމަށް ބަނގުލަދޭޝް ގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން އަމުރުކޮށްފި
ލިޔުން:
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގައި މިހާރު ހުންނެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފަ އެވެ.
ޕަބްލިކް ސެކްޓަރ ޖޮބް ކޯޓާއާ ދެކޮޅަށް ދަރިވަރުން އިސްނަގައިގެން ފެށި މުޒާހަރާތައް ވަރުގަދަވެ ކޮންޓްރޯލުނުވެ އެއްމެ ފަހުން އެކަމަނާ ގައުމުދޫކުރައްވައި ވަޑައިގެން އިސްތިއުފާ ދެއްވާފައިވާއިރު އެ މުޒާހިރާ އަކީ 1971 ވަނަ އަހަރު ގައުމު މިނިވަންވި ފަހުން ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކަށް ވަނީ ވެފައެވެ، އެ ހަމަނުޖެހުން ތަކުގައި 700 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމް ވެފަ އެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން ހަސީނާ ފިލައިގެން އިންޑިއާއަށް ދާން ޖެހުނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެވެ.
ފަނޑިޔާރު ގޯލަމް މޯޓޫޒާ މަޖުމްދާރު ރިޔާސަތު ބެލެހެއްޓެވި ޓްރައިބިއުނަލްގެ ޝަރީއަތުގެ އަޑުއެހުމުގައި ހަސީނާ ގެ އިތުރުން 50 މީހަކު ހައްޔަރުކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރުން ވަނީ އެދިފަ އެވެ.
ޗީފް ޕްރޮސެކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ތަހުގީގު ހިންގަނީ ވަރަށް ނުފޫޒުގަދަ ބައެއްގެ މައްޗަށްކަމަށްވާތީ ހައްޔަރު ނުކޮށް ތަހުގީގު ކުރިއަށް ގެންދަން އުނދަގޫ ވާނެތީ އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރީ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
