މާލެ: 31°C

ވަދާއީ ހަގް ކުރުން 3 މިނެޓަށްވުރެ ގިނައިރުކުރުން މަނާކޮށްފި

October 20, 2024
3 ފަހަރު ބަލާފައި
ވަދާއީ ހަގް ކުރުން 3 މިނެޓަށްވުރެ ގިނައިރުކުރުން މަނާކޮށްފި
ވަދާއީ ހަގް ކުރުން 3 މިނެޓަށްވުރެ ގިނައިރުކުރުން މަނާކޮށްފި
ނިއުޒިލޭންޑްގެ ޑުނެޑިން އެއެއާޕޯޓުގެ ޑްރޮޕް އޮފް އޭރިއާގައި އަލްވަދާއު ކިޔުމުގެ ގޮތުން ހަގް ކުރުމުގެ ލިމިޓެއް ކަނޑައަޅައި، އަލްވަދާއު ކިޔުމުގެ ހަގް ކުރުމަށް ގިނަވެގެން ތިން މިނެޓުގެ ފުރުސަތެއް ދިނުމަށް ނިންމައިފިއެވެ. ނިއުޒިލަންޑުގެ ޑުނެޑިން އެއާޕޯޓުގައި މިހާރު ވަނީ "މެކްސް ހަގް ޓައިމް 3 މިނިޓް" ލިޔެފައިވާ ނިޝާންޖެހި ބޯޑުތައްވެސް ހަރުކޮށްފައެވެ. އަދި ދިގު އަލްވަދާއުއަކަށް އެދޭ ފަރާތްތަކުން ޑޮރޮޕް އޮފް އޭރިޔާ ގެ ބަދަލުގައި ކާރު ޕާކިން އޭރިޔާ ބޭނުންކުރެވޭނެކަމަށް ބުނެފައިވެއެވެ. ޑުނެޑިން އެއާޕޯޓުގެ ސީއީއޯ ޑެނިއަލް ޑި ބޮނޯ ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭގޮތުން ބުނެފައިވަނީ އެއާޕޯޓުތަކަކީ އިމޯޝަނަލް ހޮޓްސްޕޮޓްތަކެއް ކަމަށާއި، އެހެންކަމުން އަލްވަދާއުގެ ވަގުތު ހަގު ކޮށްގެން ވަރަށް ގިނައިރު ބައެއް މީހުން ތިބޭ ކަމަށާއި އެކަމުގެ ސަބަބުން ޑްރޮޕް އޮފް އޭރިޔާ ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އިތުރަށް އޭނާ ބުނެފައިވަނީ ހަގް ކޮށްލައިގެން 20 ސިކުންތު ހުރުމުން ޅޯބީގެ ހޯމޯން ކަމަށްވާ އޮކްސިޓޮސިން ދޫކުރެވި ދެމީހުންގެ މެދުގައި ޙިތްހަމަޖެހުން ގެނުވައިދޭކަމަށް ވަރަށް ފަހުން ކޮށްފައިވާ ދިރާއަކުން ދައްކާފައިވާކަމަށާއި، ނަމަވެސް 3 މިނިޓަށްވުރެ ގިނަ ވަގުތު ހަގު ކޮށްލައިގެން އަލްވައދާއު ކިއުމަށް ބޭނުންވާ ފަރާތްތަކަށް ޑުނެޑިން އެއާޕޯޓުގެ ޕާކިން ލޮޓު ހިލޭ 15 މިނެޓު ބޭނުންކުރެވޭނެ ކަމަށެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ