މާލެ: 31°C

އޮޅިގެން ޖަމާކުރެވުނު ފައިސާ އަނބުރާ ނުދިން މީހަކު ސިންގަޕޯ ގައި ޖަލަށް ލައިފި

October 19, 2024
2 ފަހަރު ބަލާފައި
އޮޅިގެން ޖަމާކުރެވުނު ފައިސާ އަނބުރާ ނުދިން މީހަކު ސިންގަޕޯ ގައި ޖަލަށް ލައިފި
އޮޅިގެން ޖަމާކުރެވުނު ފައިސާ އަނބުރާ ނުދިން މީހަކު ސިންގަޕޯ ގައި ޖަލަށް ލައިފި
މީހެއްގެ އެކައުންޓަށް އޮޅިގެން ޖަމާކުރެވުނު ފައިސާ ދޭން އިންކާރުކުރި މީހަކު ޖަލަށް ލުމަށް ސިންގަޕޯ ގެ ކޯޓަކުން ހުކުމް ކޮށްފިއެވެ. ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނު 25000 ސިންގަޕޯ ޑޮލަރު އޮޅިގެން އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވުނުކަން އިނގުމާއެކު އެމީހާ އަތުން އެފައިސާ ހޯފދުމަށް ކުންފުނީގެ ފަރާތުން މުއާމަލާތް ކުރުމުން އެ ފަރާތުން އެ ފައިސާ އަނބުރާ ދީފައި ނުވާތީ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި އެ މީހާގެ ފަރާތުން ބުނެފައިވަނީ އެ ފައިސާ އަކީ އޭނާގެ ފައިސާ ނޫން ކަން އިނގޭ ކަމަށާއި ނަމަވެސް ފައިސާ އޭނާގެ އަކއުންޓަށް ވަތްކަން އިނގުމާއެކު އޭނާގެ އެހެން އެކައުންޓް ތަކަކަށް އެފައިސާ ޓްރާންސްފަރ ކޮށް އޭނާގެ ލޯނު ތަކެއް އެފައިސާ އިން ދައްކާފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށްފަހު ދައުވާ އުފުލުމުން އޭނާ ގެ ކުށުގެ އަދަބެއްގެ ގޮތުގައި 9 މަހަށް ޖަލުގައި ބަންދުކުރުމަށާއި އެ ފައިސާ އަނބުރާ ދެއްކުމަށް ހުކުމްކޮށްފއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ