މާލެ: 31°C

ގައުމުން އެއްކޮށް ކަރަންޓް ކެނޑި 10 މިލިއަނުގެ އާބާދީ ކަނު އަނދިރީގައި

October 19, 2024
2 ފަހަރު ބަލާފައި
ގައުމުން އެއްކޮށް ކަރަންޓް ކެނޑި 10 މިލިއަނުގެ އާބާދީ ކަނު އަނދިރީގައި
ގައުމުން އެއްކޮށް ކަރަންޓް ކެނޑި 10 މިލިއަނުގެ އާބާދީ ކަނު އަނދިރީގައި

10 މިލިއަނުގެ ބޮޑު އާބާދީއެއް އޮންނަ ކިއުބާގެ މައި ޕަވަރ ޕްލާންޓު ފެއިލްވެ މުޅި ގައުމުން ކަރަންޓު ކެނޑިއްޖެ އެވެ.

ކިއުބާގައި ކަރަންޓް ވިއުގަ އަށް ދިމާވި މައްސަލަ ތަކަކާއި ގުޅިގެން ބްރާސްފަތި ދުވަހު ސުކޫލުތައް ބަންދުކޮށް ސަރުކާރު މުވައްޒަފުން ގޭގައި މަޑުކުރަން އަންގައި ކަންރަންޓު ބޭނުންކުރާ ވަރު މަދުކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެގައުމުގެ އެއްމެ ބޮޑު ޕަވަރ ޕްލާންޓް ފެއިލްވެ ހުކުރުދުވަހުގެ ހެނދުނުން ފެށިގެން އެގައުމުން އެއްކޮށް ކަރަންޓްގެ ޙިދުމަތް ކެނޑިފައެވެ. އެކަމާ ގުޅިގެން ކިއުބާގެ ރައީސް މިގުއެލް ޑިއާޒް ވިދާޅުވީ ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދެވެންދެން ރެސްޓެއްނެތި އެމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ކިއުބާގެ ބޮޑުވަޒީރު މެނުއެލް މެރޭރޯ ބުރާސްފަތި ދުވަހު ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުތަކުގެ ތެރޭގައި ކަރަންޓްގެ އިންފްރާސްޓްރަކްޗަރ ދަށަށް ދިއުމާއި ތެލުގެ ދަތިކަމާއި އެގައުމުގެ ރައްޔިތުންގެ މެދުގައި ކަރަންޓުގެ ޑިމާންޑް ބޮޑުވުން ހިމެނޭ ކަމަށެވެ. އަދި ކަރަންޓަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް ތެލުގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް މަދުވެފަމަދުވެފައިވާކަމަށާއި، ކިއުބާއަށް އެއްމެ ގިނައިން ތެޔޮ ސަޕްލައިކުރާ ވެނެޒުއޭލާއިން ފޮނުވާ ޝިޕްމަންޓްގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށާއި، ރަޝިއާ އާއި މެކްސިކޯ ފަދަ އެހެން ގައުމުތަކުން ވެސް ތެޔޮ ސަޕަލައި ވަނީ ވަރަށް ބޮޑަށް މަދުކޮށްފަކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ބުނީ މުޅި ގައުމަށް އަލުން ކަރަންޓް ދިނުމަށް ކިހާ ދުވަހެއް ނަގާނެ ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.ވދިހަ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކިއުބާގައި ކަރަންޓު ނެތުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރުން ވަނީ އަދީއްތަ ދުވަހު ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ