މާލެ: 31°C

ހަމާސްގެ ލީޑަރ ޔަހްޔާ ސިމްވާރު ގާޒާގައި އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

October 18, 2024
2 ފަހަރު ބަލާފައި
ހަމާސްގެ ލީޑަރ ޔަހްޔާ ސިމްވާރު ގާޒާގައި އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި
ހަމާސްގެ ލީޑަރ ޔަހްޔާ ސިމްވާރު ގާޒާގައި އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި
ހަމާސްގެ އައު ލީޑަރ ޔަހްޔާ ސިމްވާރު ގާޒާގައި އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއިލުން ބުނެފައިވަނީ ހަމާސްގެ ލީޑަރ ޔަޙްޔާ ސިމްވާރު އަވަހާރަކޮށްލީ ބުރާސްފަތި ދުވަހު ގާޒާގައި އިސްރާއީލުން ހިންގި އާއްމު އޮޕަރޭޝަނެއްގައި ކަމަށާއި، އެ އޮޕަރޭޝަނަކީ ވަކިން ހައްސަކޮށް ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލަން ހިންގި އޮޕަރޭޝަނެއް ނޫންކަމަށާއި އެ އޮޕަރޭޝަނުގައި ހަމާސްގެ ލީޑަރ ވެސް އަވަހާރަކޮސްލެވުމުން އުފާކުރާކަމަށެވެ. ހަމާސްގެ ލީޑަރު ކަމަށް ޔަޙްޔާ ސިމްވާރ އައްޔަނުކޮށްފައިވަނީ މިދިޔަ ޖުލައިމަހު އިސްރާއިލުން ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ އަވަހާރަކޮސްލުމާ ގުޅިގެންނެވެ. އަދި އިސްރާއިލް ގެ އެވާހަކަތަކާ ގުޅޭގޮތުން ހަމާއިން އަދި އެކަން ކަށަވަރުކޮސްދީފައެއް ނުވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ހަމާސްގެ ލީޑަރ ސިންވާރު މަރާލި ނަމަވެސް ޣައްޒާގެ ހަނގުރާމަ ނުނިންމާނެ ކަމަށާއި، އަދި ހަމާސްއިން ދެން ގައްޒާގައި ވެރިކަން ކުރާނެ ފުރުސަތު ނުދޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ