މާލެ: 31°C

އުތުރު ކޮރެއާގެ ގާނޫނު އަސާސީ އިސްލާހުކޮށް ދެކުނު ކޮރެއާގެ ނަމަކީ "ދެކޮޅުވެރި" ދައުލަތް ކަމަށް ކަނޑައަޅައިފި

October 17, 2024
2 ފަހަރު ބަލާފައި
އުތުރު ކޮރެއާގެ ގާނޫނު އަސާސީ އިސްލާހުކޮށް ދެކުނު ކޮރެއާގެ ނަމަކީ "ދެކޮޅުވެރި" ދައުލަތް ކަމަށް ކަނޑައަޅައިފި
އުތުރު ކޮރެއާގެ ގާނޫނު އަސާސީ އިސްލާހުކޮށް ދެކުނު ކޮރެއާގެ ނަމަކީ "ދެކޮޅުވެރި" ދައުލަތް ކަމަށް ކަނޑައަޅައިފި
އުތުރު ކޮރެއާގެ ގާނޫނު އަސާސީ އިސްލާހުކޮށް ދެކުނު ކޮރެއާއަކީ "ދެކޮޅުވެރި" ދައުލަތެއް ކަމަށް ކަނޑައަޅައިފިއެވެ. މިއަހަރު ކުރީކޮޅު އެ ގައުމުގެ ބޮޑުވަޒީރު ކިމް ޖޮން އުން ވަނީ އެ ގައުމުގެ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނާނެކަމުގެ އިށާރާތެއް ކުރައްވާފައެވެ. އަދި އެބަދަލުތަކުގެ ތެރޭގައި ދެކުނު ކޮރެއާ އާގުޅޭ ބަދަލުތަކެއްވެސް ހިމެނޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތުން މިއަދު އުތުރުކޮރެއާގެ ސްޓޭޓް މީޑިއާއިން އާއްމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އެގައުމުގެ ބޮޑުވަޒީރު ކިމް ވިދާޅުވިފަދައިން އުތުރުކޮރެއާއިން ދެކުނު ކޮރެއާއަށް އިޝާރާތްކޮށް ބޭނުންކުރާނެ ނަމަކީ "ދެކޮޅުވެރި" ގައުމު ކަމަށް އެގަމުގެ ގާނުނު އަސާސީގައި ވަނީ ކަނޑަ އަޅާފައިކަމަށެވެ. 2 ކޮރެއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ހޫނުވެ މި ހަފްތާގެ ތެރޭގައިވަނީ 2 ކޮރެއާ ދެމެދު ގުޅުވައިދޭ މަގުތަކާއި ރޭލްވޭ ތައްވެސް ގޮއްވާލާފައެވެ. މަގުމަތަކާއި ރޭލްވޭ ތައް އުތުރުކޮރެއާއިން ގޮއްވާލާފައިވަނީ އުތުރުކޮރެއާގެ އަސްކަރިއްޔާއިން ދެގައުމުގެ ބޯޑަރ ދާއިމަށް ބަންދުކޮށްފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ