މެދުއިރުމަތީގައި ހަނގުރާމައެއް ފަށަން އެމެރިކާއިން ތައްޔާރުވަމުންދާ ކަމަށް ލަފާކޮށްފި

މެދުއިރުމަތީގައި ހަނގުރާމައެއް ފަށަން އެމެރިކާއިން ތައްޔާރުވަމުންދާ ކަމަށް ލަފާކޮށްފި
ލިޔުން:
މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފަށަން އެމެރިކާއިން ތައްޔާރުވެފައިވާ ކަމުގެ އިޝާރާތެއް ދީފިއެވެ.
އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ ޒަޔަނިސްޓު ދައުލަތުގައި ދިރިއުޅޭ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާ ސިފައިންނާއި ބަރުހަތިޔާރު އިސްރާއީލަށް ފޮނުވަން ނިންމާފައިވާ ކަމުގައެވެ. މިއީ, އީރާނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް އެމެރިކާއިން ތައްޔާރުވެފައިވާ ކަމުގެ އިޝާރާތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ސޫރިޔާއާއި ޔަމަނުގެ ސިޔާދަތީ މިިނިވަންކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި, ޔަހޫދީ ފައުޖުން ދަނީ އެ ޤައުމުތަކަށް ވެސް ބޮންއަޅަމުންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, އިސްރާއީލަށް އެމެރިކާ ސިފައިންގެ ލަޝްކަރެއް ފޮނުވަން ނިންމާފައި ވަނީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމުގައެވެ.
މިއީ, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުކޮށް, އެ ސަރަޙައްދުގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވޭ އީރާނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއިން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. ޔަހޫދީންގެ ޖަރީމާތަކަށް ކެތް ނުކުރެވިގެން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން އޮކްޓޫބަރު 1ވަނަ ދުވަހު ޒަޔަނިސްޓު ދައުލަތުގެ ރަށްތަކުގައިވާ ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އައިއާރްޖީސީން ދިން ޙަމަލާތަކުގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޔަހޫދީން މި ވަގުތު ދަނީ އީރާނުގެ ކިބައިން ބަދަލު ހިފަން ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
