މާލެ: 31°C

ދުނިޔެއިން ބޭރުގައި ދިރުމެއްވޭތޯ ބެލުމަށް ހާއްސަކޮށް އުފައްދާފައިވާ ޔޫރަޕާ ކްލިޕާ މިއަދު އުދުއްސާލަނީ

October 14, 2024
2 ފަހަރު ބަލާފައި
ދުނިޔެއިން ބޭރުގައި ދިރުމެއްވޭތޯ ބެލުމަށް ހާއްސަކޮށް އުފައްދާފައިވާ ޔޫރަޕާ ކްލިޕާ މިއަދު އުދުއްސާލަނީ
ދުނިޔެއިން ބޭރުގައި ދިރުމެއްވޭތޯ ބެލުމަށް ހާއްސަކޮށް އުފައްދާފައިވާ ޔޫރަޕާ ކްލިޕާ މިއަދު އުދުއްސާލަނީ
ޖުޕިޓާގެ ހަނދުގައި ދިރުން ހުރިތޯ ބެލުމަށް ނާސާއިން ކުރިއަށް ގެންދާ ޔޫރޮޕާ ކްލިޕާ މިޝަން މިއަދު ލޯންޗުކުރުމަށް ތައްޔާރުވެއްޖެއެވެ. ނާސާއިން ހާމަކޮށްފައިވާ ގޮތުގައި ޕްލެނެޓް ޖުޕިޓާގެ އޯބިޓް ވަށައިގެން ދަތުރުކޮށް ޖުޕިޓާގެ ބޭރު ގައި ގައި އޯބިޓްގައި އެއްވެސްކަހަލ ދިރުމެއް ވާކަން ކަށަވަރުކުރާނެއެވެ. ނާސާއިން އެ އުޅަނދު އުދުއްސާލުމަށް ކުރިން ތައްތޔާރުވެފައިވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެމެރިކާގެ ފްލޮރިޑާއަށް އެރި ތޫފާން މިލްޓަންގެ ސަބަބުން ޔޫރޮޕާ ކްލިޕާ ލޯންޗްކުރުން ވަނީ މިއަދަށް ފަސްކޮށްފައެވެ. ނާސާގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު ޖިމް ފްރީ އާދީއްތަ ދުވަހުގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކްލިޕާ އަކީ ދުނިޔެއިން ބޭރުގެ ކަނޑު ދިރާސާކުރުމަށް ހާއްސަކޮށްފައިވާ ނާސާގެ ފުރަތަމަ ޖައްވީ އުޅަނދު ކަމަށެވެ. އެ ޖައްވީ އުޅަނދަކީ ޕްލެނެޓަކަށް ޒިޔާރަތްކުރުމަށް މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ޖައްވީ އުޅަނދު ކަމަށާއި ކުރިއަށް އޮތީ ދިގު ދަތުރެއްކަމަށެވެ. އަދި 1.8 ބިލިއަން މޭލު ދަތުރުކޮށް، ސްލިންގް ޝޮޓް އިފެކްޓްގައި ޖުޕިޓާއާ ދިމާލަށް ކުރިއަށް ދިއުމަށް ދުނިޔެއާއި މާސްގެ ވަށައިގެން ދަތުރުކުރާނެ ކަމަށެވެ. ޔޫރޮޕާ ކްލިޕާ ލޯންޗްކުރުން: ވަގުތާއި ތާރީހާއި ލައިވް ސްޓްރީމިން އަދި އެހެނިހެން ތަފްސީލް އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު (ހޯމަ ދުވަހު) ޖުޕިޓާގެ ހަނދު ޔޫރޮޕާއާ ދިމާލަށް ޔޫރޮޕާ ކްލިޕާ ޖައްވީ އުޅަނދު ފޮނުވުމުގައި ނާސާ އާއި ސްޕޭސް އެކްސް އިން ބައިވެރިވާނެ އެވެ. ޔޫރޮޕާ ކްލިޕަރ ލޯންޗް ކުރާ ވަގުތު ފްލޮރިޑާގައި ހުންނަ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުން މި ފްލެގްޝިޕް ޖައްވީ އުޅަނދު އުފުލާނީ މިރޭ 12:06 ގައި އީޑީޓީ (ޖީއެމްޓީ 1606) ގަ އެވެ. ލިފްޓް އޮފް އޮންނާނީ 15 ސިކުންތުގެ ކުޑަ ލޯންޗް ވިންޑޯއެއްގަ އެވެ. ޖައްވީ އުޅަނދު ޔޫރޮޕާ ޖުޕިޓާ ގެ އޯބިޓަށް ފޯރާނީ 2030 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ އެއަށްފަހު ދުނިއެއިން ބޭރުން ދިރުންތައް ހޯދުމުގައި ޖުޕިޓަގެ ވަށައިގެން 4 އަހަރު ހޭދަކުރާނެއެވެ. މިޝަންގެ މަޤްޞަދުތައް ނާސާގެ ކްލިޕާ ޖައްވީ އުޅަނދުގައި ވާ އިންސްޓްރޫމެންޓުން މުޅި ޖުޕިޓަރ މެޕްކޮށް، ޖުޕިޓާގެ ޕާޓިކަލްތައް އެއްކޮށް، ވޯޓާ ޕްލަމްތަކުގެ ތެރެއިން އުދުހޭނެ ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ