ޗައިނާއިން ޓައިވާން ވަށާލައި، ހަނގުރާމައިގެ ފަރިތަކުރުންތަކެއް ފަށައިފި

ޗައިނާއިން ޓައިވާން ވަށާލައި، ހަނގުރާމައިގެ ފަރިތަކުރުންތަކެއް ފަށައިފި
ލިޔުން:
ޓައިވާން ވަށާލައި ޗައިނާއިން ހަނގުރާމާއިގެ ފަރިތަކުރުންތަކެއް ފެށުމާގުޅިގެން ޗައިނާއާއި ތައިވާނުގެ ދެމެދު މަޝްރަހް ހޫނު ވެއްޖެއެވެ.
ޓައިވާނުގެ ވަށައިގެން ޗައިނާއިން އަސްކަރީ ތަމްރީނުތަކެއް ފެށުމާ ގުޅިގެން ތައިވާނުން ބުނެފައިވަނީ އެއީ ޑިމޮކްރެޓިކް އުސޫލުން އަމިއްލަ ވެރިކަމެއް ކުރާ މިނިވަން ގައުމަކަކާ ދެކޮޅަށް ޗައިނާއިން ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށާއި، ޓައިވާނުގެ މިނިވަންކަން ދިފާއުކުރުމަށް ތައްޔާރަށް އޮތްކަމަށެވެ.
ޗައިނާއިން ކުރިއަށް ގެންދާ ޖޮއިންޓް ސްވޯޑް 2024ބީ ގެ ނަމުން ނަން ދީފައިވާ ހަނގުރާމައިގެ ފަރިތަކުރުންތައް ފަށާފައި މިވަނީ ޓައިވާނުގެ ރައީސް ވިލިއަމް ލައި ޗައިނާއިން ތައިވާނުގެ މައްޗަށް ނުފޫޒެއް ބިރެއްް ނުދެއްކޭނެ ކަމަށްބުނެ އަދި ޗައިނާގެ ކޮންޓްރޯލް ގަބޫލު ނުކުރާނެކަމަށްބުނެ ބޮޑު އެއްވުމެއްގައި ޗައިނާއަށް ރައްދު ދިންތާ 4 ދުވަސްފަހުންނެވެ.
ޗައިނާގެ އެންމެ ފަހުގެ އަސްކަރީ ތަމްރީނުތަކާ ބެހޭ ގޮތުން މިހާތަނަށް އާއްމުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޗައިނާގެ ކަނޑުގެ މަނަވަރުތަކާއި ސަބްމެރީން ތަކާއި ފައިޓާ ޖެޓްތައް ވަނީ ޓަައިވާން ވަށާލާފައެވެ. ޓައިވާނުން ބުނެފައިވަނީ ޗައިނާއިން ހިންގާ ހަރަކާތުގައި ބައިވެރިވާ 25 މަތިންދާބޯޓާއި ކަނޑުގެ 7 އުޅަނދާއި އިތުރު ހަތަރު އުޅަނދެއް ފެނިފައިވާ ކަމަށެވެ. އަދި ޗައިނާގެ އަސްކަރިއްޔާއިން ބުނީ މި ޑްރިލްތައް ތައިވާން ވަށައިގެންވާ 9 ސަރަޙައްދެއްގައި ކުރިއަށްދާ ކަމަށާއި އެ ހަރަކާތުގައި ޓައިވާނަށް ހަމަލާދެވޭނެ ގޮތްތައް ދެނެގަންނާނެކަމަށެވެ. އެކަމަށްޓަކައި ޗައިނާގެ ކޯސްޓްގާޑުން ވަނީ ތައިވާނުގެ ވަށައިގެން "އިންސްޕެކްޝަން" ހެދުމަށް އުޅަނދުފަހަރާއި، ފްލީޓްތައް ވެސް ފޮނުވައިފަ އެވެ.
ޗައިނާގެ އެ އަމަލާ ގުޅިގެން ޓަައިވާނުން މިހާރުވަނީ ހަނގުރާމައިގެ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
ޗައިނާއިން ދެކޭ ގޮތުގައި ޓަައިވާނަކީ ވަކިވެފައިވާ ޗައިނާގެ ޕްރޮވިންސެކެވެ. އެހެންކަމުން ތައިވާނުން ޗައިނާއާ ދެކޮޅުވެ ޗައިނާގެ ދުޝްމިނުންނާ ބައިވެރިވުމަކީ ޗައިނާއިން ބަލައިގެން ތިބޭނެ ކަމެއް ނޫނެވެ. ޓައިވާނުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ތައިވާނަކީ ވަކި ގައުމެކެވެ. ނަމަވެސް ގިނަ ބަޔަކު ތާއީދު ކުރަނީ ޗައިނާގެ ކިބައިން ޓައިވާނުން މިނިވަންކަން އިއުލާނު ނުކުރާ އަދި އެގައުމާ އެއްބައިވަންތަވުމެއް ވެސް ނެތް ހާލަތު ދަމަހައްޓައި އެގޮތުގައި ދެމިތިބޭށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
