މާލެ: 31°C

އެސްވަތީނީގެ ރަސްގެފާނު 16 ވަނަ އަންބެއްގެ ގޮތުގައި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ 21 އަހަރުގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެންފި

October 13, 2024
2 ފަހަރު ބަލާފައި
އެސްވަތީނީގެ ރަސްގެފާނު 16 ވަނަ އަންބެއްގެ ގޮތުގައި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ 21 އަހަރުގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެންފި
އެސްވަތީނީގެ ރަސްގެފާނު 16 ވަނަ އަންބެއްގެ ގޮތުގައި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ 21 އަހަރުގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެންފި
އެސްވަތީނީގެ ރަސްގެފާނު މިސްވަތީ-3 އުމުރުފުޅުން 56 އަހަރުގައި 16 ވަނަ އަންބެއްގެ ގޮތުގައި ދެކުނު އެފްރިކާގެ ކުރީގެ ރައީސްގެ ޖެކޮބް ޒޫމާގެ 21 އަހަރުގެ ދަރިކަނބަލުން ނޮމްސެބޯ ޒޫމާގެ ކައިވެނި ބައްލަވައިގެންފިއެވެ. ޒުވާން އަންހެނުންނާއި އަންހެން ކުދިންގެ މެދުގައި އާދަޔާ ހިލާފަށް ފާހަގަކުރާ އަހަރީ ރީޑް ޑާންސްގައި ނޮމްސެބޯ ޒޫމާ ބައިވެރިވެވަޑައިގެންނެވި އިރު، ނޮމްސެބޯ ޒޫމާ އަށް ވަނީ ލިފޯވެލާ (ޝާހީ އަނބިކަނބަލުން) ގެ ނަމުން ނަން ދީފައެވެ. އެމަނިކުފާނު ނޮމްސެބޯ ޒޫމާ އާއި ކައިވެނި ބައްލަވާގަތީ އެގައުމުގައި ބާއްވާ އުމް ހަލަންގާ ހަފްލާގެ ރީޑް ޑާންސް ގައި ނޮމްސެބޯ ޒޫމާ ޑާންސް ކުރައްވަނިކޮށް ފެނިލައްވައިގެންނެވެ. ޒަމާނުއްސުރެ އަންހެނުންގެ މެދުގައި ބާއަވަމުން އަންނަ ރީޑް ޑާންސަކީ ޒުވާން އަންހެން ކުދިން ލަވަ ކިޔުމާއި، މޭމަތި ކަޝްފުކޮށް އާދަޔާ ހިލާފު ހެދުންއަޅައިގެން، ފައިގައި ގިގުނިފަތި އަޅައިގެން ކަނޑި ހިފައިގެން ކުރާ އާދަޔާޚިލާފު ޑާންސެކެވެ. އެސްވަތީނީ ރަސްކަމުގެ ތަރުޖަމާނު ވަނީ އެ ކައިވެންޏަކީ ސިޔާސީ އިއްތިހާދެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެ ކައިވެންޏަކީ ލޯބީގެ ސަބަބުން ކޮށްފައިވާ ކައިވެންޏެއްކަމަށް ބުނެފައެވެ. ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އެސްވަތީނީގެ ރަސްކަމުގެ ތަރުޖަމާނު ބުނެފައިވަނީ ލޯތްބަކީ ކަނު އެއްޗެއްކަމަށާއި،  އުމުރު ބަލާކަށް ލޯބީގައި ލޯ ނުހުންނާނެ ކަމަށެވެ. އަދި ލޯތްބަކީ އެއީ 100 އަހަރު ފުރިފައިވާ މީހަކާއި ގާނޫނީ ގޮތުން ކައިވެނި ހުއްދަކުރާ އުމުރުގެ މީހެއްގެ ދެމެދުގައިވެސް އުފެދިދާނެ އެއްޗެއް ކަމަށެވެ. އެސްވަނީތީގެ ރަސްގެފާނު މިސްވަތީ އާއި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޒޫމާ އަކީ މިހާރުވެސް ކައިވެނީގެ ޒަރިއްޔާއިން ގާތް ތިމާގެ2  މީހުންނެވެ. އެސްވަތީނީ ރަސްގެފާނު ރަސްކަމުގައި ހުންނަވާތާ 38 އަހަރު ވެފައިވާއިރު، އެ ގައުމުގެ ރައްޔިތުން އުޅެމުންދަނީ ވަރަށް ފަގީރު ހާލުގައެވެ. އެހެންކަމުން ރަސްގެފާނު މިސްވަތީ އުޅުއްވާ ތަނަވަސް ދިރިއުޅުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. ކުރިން ސްވާޒިލޭންޑްގެ ނަމުން މަޝްހޫރުވެފައިވާ އެސްވަޓީނީގެ އާބާދީއަކީ 1.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އަދި އެ ގައުމަކީ ދުނިޔޭގެ ނިސްބަތުން އެޗްއައިވީ/އެއިޑްސް ޖެހޭ މީހުންގެ ނިސްބަތް އެންމެ ބޮޑު އެއް ގައުމެވެ. ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ ވެސް ގިނަ ބަޔަކާ ކައިވެނިކޮށްފައިވާއިރު އެމަނިކުފާނަށް ވަނީ 20 ދަރިން ލިބިފައެވެ. އުމްލަންގާ ހަފްލާގެ ނަމުން ނަން ދީފައިވާ މި ހަފްލާއަކީ ޒުވާން އުމުރުގައި ޖިންސީ ގޮތުން ހަރަކާތްތެރިވާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. މިދިޔަ ހޯމަ ދުވަހު އެ ހަފްލާގެ ރީޑް ޑާންސްގެ އެންމެ ފަހު ދުވަހު ޒޫމާ ގެ ދަރިކަނބަލުން ނޮމްސެބޯ ހުރީ އެސްވަތީނީގެ ރަސްކަމުގެ އުޖާލާ ކުލަތައް ލައިގެންނެވެ. މިއީ އުމްހަލަންގާ ހަފްލާގައި ރަސްގެފާނު މިސްވަތީ-3  ޒުވާން އަނބިކަނބަލަކު ޚިޔާރުކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް ޖިންސީ ގުޅުން ހިންގުން މަނާކޮށްފައި އޮތް އޮތުން އުވާލިތާ ދުވަސްކޮޅެއް ފަހުން 2005 ވަނަ އަހަރު އޭނާ ވަނީ 17 އަހަރުގެ ފިންޑިލޭ އެންކަމްބުލޭ ކިޔާ އަންހެން ކުއްޖެއް އޭނާގެ އަންބަކަށް ހަދާފައެވެ. އެއަށްފަހު ވަގުތުން އޭނާވަނީ 18 އަހަރުން ދަށުގެ އަންހެންކުދިންނާ ޖިންސީގުޅުން ހިންގުން މަނާކޮސްފައިއޮތް އޮތުން އުވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ