"ޔަގީނުން ވެސް މަސްތުވާތަކެތިން ފުރިފައިވާ ކޮތަޅެއް ނޫން" ޖަހާފައިވާ ކޮތަޅެއްގެ ތެރެއިިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ

"ޔަގީނުން ވެސް މަސްތުވާތަކެތިން ފުރިފައިވާ ކޮތަޅެއް ނޫން" ޖަހާފައިވާ ކޮތަޅެއްގެ ތެރެއިިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ
ލިޔުން:
"ޔަގީނުން ވެސް މަސްތުވާތަކެތިން ފުރިފައިވާ ކޮތަޅެއް ނޫން" ލޭބަލް ކޮށްފައިވާ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި އެމެރިކާގެ ފުލުހުން ނަށް ފެނިއްޖެ އެވެ.
އެމެރިކާގެ އޮރެގަންގެ ޕޯޓްލޭންޑުގެ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ވެހިކަލެއް ހުއްޓުވުމުން އެ ވެހިކަލް ތެރެއިން "ޔަގީނުން ވެސް މަސްތުވާތަކެތިން ފުރިފައިވާ ކޮތަޅެއް ނޫން" ޖަހާފައި އޮތް ކޮތަޅެއް ފެނުމުން އެ ކޮތަޅު ހުޅުވާ ބެލިއިރު ހުރީ މަސްތުވާތަކެތިން ފުރިފައެވެ.\
އެ ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް ޕޯޓްލޭންޑް ޕޮލިސް ބިއުރޯއިން އެކްސް ގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެ ކޮތަޅުގެ ތެރެއިން މަސްތުވާތަކެތީގެ އިތުރަށް ބަރުދަންބަލާ ކައްޓާއާއި، ފައިސާ އަދި ފިސްތޯލަ އެއްވެސް ފެނިފައިވާކަމަށެވެ.
އެ ކަމާ ގުޅިގެން ކާރުގައި ތިބި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އަދި އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ވަގަށް ނަގާފައިވާ ވެހިކަލެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
