މާލެ: 31°C

ތޫފާން މިލްޓަންއަށް ފަހު ހުޅަނގު ކެރީބިއަން ކަނޑުގައި އައު ތޫފާނެއް އުފެދެމުންދާ ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެފި

October 12, 2024
2 ފަހަރު ބަލާފައި
ތޫފާން މިލްޓަންއަށް ފަހު ހުޅަނގު ކެރީބިއަން ކަނޑުގައި އައު ތޫފާނެއް އުފެދެމުންދާ ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެފި
ތޫފާން މިލްޓަންއަށް ފަހު ހުޅަނގު ކެރީބިއަން ކަނޑުގައި އައު ތޫފާނެއް އުފެދެމުންދާ ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެފި
ތޫފާން މިލްޓަން ފްލޮރިޑާއަށް އެރިތާ ކުޑަ ދުވަސްކޮޅެއް ފަހުން ހުޅަނގު ކެރީބިއަން ކަނޑުގައި އައު ޓްރޮޕިކަލް ތޫފާނެއް އުފެދެމުންދާ ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެފިއެވެ. ތޫފާން ހެލީން ބިގް ބެންޑް ސަރަހައްދަށް އަރައި، ދެކުނު އިރުމަތީ އެމެރިކާގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުތާ ދެ ހަފުތާ ފަހުން ކެޓަގަރީ 3 ގެ ތޫފާނެއްގެ ގޮތުގައި މިލްޓަން ފްލޮރިޑާ އަށް މިދިޔަ ބުދަ ދުވަހު އަރައި ބޮޑެތި ގެއްލުންތަކެއްވަނީ ދީފައެވެ. މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) ގެ މީޓިއޮރޮލޮޖިސްޓުން މޮނިޓަކުރަންފަށާފައިވާ، ބާމިއުޑާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑާއި، އެފްރިކާގެ ހުޅަނގު އައްސޭރިފަށުގެ ކައިރީގައި އުފެދިފައިވާ އަނެއް ކޮޅިގަނޑު އެކުވެ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ 50 ޕަސެންޓް ފުރުސަތު އޮތަކަމަށް ވަނީ ބުނެފައެވެ. އެކިއުވެދާގެ ސީނިއާ މީޓިއޮރޮލޮޖިސްޓް މެޓް ބެންޒް ނިއުސްވީކަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ ތޫފާން އުފެދިއްޖެ ނަމަ އޮކްޓޯބަރު 17 އިން 19 ދެމެދު ވާނީ އެ ތޫފާނުގެ އެއްމެ ރަނގަަޅަށް ފޯމް ވާ ހިސާބަށް ކަމަށާއި، އެހިސާބުން މޫސުމާ ބެހޭ މާހިރުންނަށް ތޫފާނުގެ މަގު މާ ރަނގަޅަށް އެނގޭނެ ކަމަށެވެ. މިހާރު އަންދާޒާ ކުރެވެނީ ތޫފާން އުފެދިއްޖެނަމަ 2 މަގަކުން ތޫފާން ހިނގައިދާނެ ކަމަށާއި، ނަމަވެސް އޮކްޓޯބަރ މެދާ ހަމައިން ތޫފާން ދަތުރު ކުރާނެ ސީދާ މަގު އެނޭނެ ކަމަށެވެ. އިތުރަށް އޭނާ ބުނެފައިވަނި އެއް ގޮތަކީ ތޫފާން ހުޅަނގުން އެމެރިކާގެ މެދުތެރެއަށާއި ދެކުނު މެކްސިކޯއާއި ދިމާލަށް ތޫފާން ދިއުން ކަމަށާއި، އަނެއް ގޮތަކީ އަނެއްކާވެސް ފްލޮރިޑާ އާއި ދިމާލަށް ތޫފާން ދަތުރުކުރުން ކަމަށެވެ ހުޅަނގު ކެރީބިއަންސަރަހައްދުގައި އުފެދިފައިވާ ތޫފާން އުފެދުމަށް މަގުފަހިވާ ސަބަބެއްގެ ގޮތުގައި ޑަސިލްވާ ވަނީ ކަނޑުގެ ފިނިހޫނުމިން، ވަރަށް ހޫނުކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ކަނޑު ހޫނު ވުމުގެ ސަބަބުން ތޫފާން ހެލީން އާއި ތޫފާން މިލްޓަން ހަލުވިކަމާއެކު ވަރުގަދަވި ކަމަށް ބެންޒް ވިދާޅުވި އެވެ. ކުރިއަށް އޮތް ދެ ޓްރޮޕިކަލް ތޫފާނަށް ދީފައިވާ 2 ނަމަކީ ނަދީން އާއި އޮސްކާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ