މާލެ: 31°C

ދޮންކެޔޮ ދޮންވުމުން ހަލާކުނުވެ ގިނަދުވަހު ބަހައްޓާނީ ކިހިނެއް

October 11, 2024
91 ފަހަރު ބަލާފައި
ދޮންކެޔޮ ދޮންވުމުން ހަލާކުނުވެ ގިނަދުވަހު ބަހައްޓާނީ ކިހިނެއް
ދޮންކެޔޮ ދޮންވުމުން ހަލާކުނުވެ ގިނަދުވަހު ބަހައްޓާނީ ކިހިނެއް
ދޮންކޭލަކީ ގިނަ އަދަދަކަށް އެތިލީން ގޭސް އުފައްދާ މޭވާއެކެވެ. އެހެންކަމުން ދޮންކެޔޮ އަވަހަށް ހަލާކުވެއެވެ. އަދި ދޮންކޭލާ އެކު ކައިރީގައި ހުންނަ އެހެން މޭވާތައްވެސް އަވަހަށް ހަލާކުވާން މަގުފަހިވެއެވެ. މޭވާ އަޅާފައި ހުންނަ ތަށީގައި ދޮންކެޔޮ ބެހެއްޓުމަކީ އާއްމު ކަމެއް ނަމަވެސް ދޮންކެޔޮ ވަކިން ބެހެއްޓުމުން ގިނަ ފައިދާތަކެއް ކުރެއެވެ. ގިނަ މޭވާތަކަކީ އެތިލީން ގޭސް ބޭރުކުރާ އެއްޗެއްސެވެ. މާ ގިނައިން މޭވާ އެއްކޮށް ރައްކާކުރުމުން އެ ގޭހުގެ ކޮންސެންޓްރޭޝަން ގެ ސަބަބުން ހުރިހާ މޭވާ ވެސް އަވަހަށް ހަލާކުވާން މަގުފަހިވެއެވެ. ދޮންކޭލުގައި ގިނަ އަދަދަކަށް އެތިލީން ގޭސް އުފެދޭތީ ގިނަ ފަހަރަށް އެންމެ ފުރަތަމަ ހަލާކުވާން ފަށާނީ ދޮންކޭލެވެ. އެހެންކަމުން އާފަލު، އެވޮކާޑޯ، މެލޯން، ޕީޗް އަދި ޕްލަމް ފަދަ އެހެނިހެން އެތިލީން ސެންސިޓިވް މޭވާތަކާ އެކު ދޮންވެފައިހުންނަ ދޮންކެޔޮ ރައްކާކުރުމަކީ ރަނގަޅުގޮތެއް ނޫނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ދޮންވެފައި ހުންނަ ދޮންކެޔޮ ބެހެއްޓުމަށް އެއްމެ ރަނގަޅު ތަނަކީ އައިސް އަލަމާރިއެވެ. ދޮންކެޔޮ ދޮންވެ ހަލާކުވާން ފެށުމުގެ ކުރިން އައިސްއަލަމާރިއަށް ލާށެވެ. އޭރުން ދޮންކޮޔޮ ހަލާކުނުވެ އިތުރު 7 ދުވަހާއި 14 ދުވަހުގެ މުއްދަތަކަށް އިތުރަށް ހަލާކުނުވެ ހުންނާނެއެވެ. ރެފްރިޖަރޭޝަންގެ ސަބަބުން ދޮންކެޔޮ ހަލާކުވުން ވަރަށް ބޮޑަށް މަޑުޖެހުނުނަމަވެސް ދޮންކޭލުގެ ތޮށިގަނޑު އަވަހަށް ކަޅު ވާނެ އެވެ. ތޮށިގަނޑު އަވަހަށް ކަޅުވި ނަމަވެސް ދޮންކޭލުގެ އެތެރޭގެ ބައި ފްރެޝްކަންމަތީ ގިނަދުވަހު ހުރެއެވެ. އައިސްއަލަމާރީގައި ބަހައްޓަންވާނީ ހަމައެކަނި ދޮނެވެފައި ހުންނަ ދޮންކޭލެވެ. ފެހި ކުލައިގައި ތޮށިގަނޑު ހުންނަ ދޮންކެޔޮ އައިސްއަލަމ،ާރިއަށް ލުމުން ދޮންނުވެ ދޮންކޭލުގެ ތޮށިގަނޑު ކަޅުވެ ރަހައަށް ބަދަލު އަންނާނެއެވެ. އެހެންކަމުން ފެހިކުލައިގައި ހުންނަ ދޮންކެޔޮ ދޮންކުރުމަށް އެއްމެ ރަނގަޅު ގޮތަކީ އާފަލް އާއި ޓޮމާޓޯ އާއެކު ބްރައުން ކަރުދާސް ކޮތަޅެއްގައި ބެހެއްޓުމެވެ.  ދޮންކެޔޮ ރައްކާކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެންމެ ފުރަތަމަ ބަދިގޭގައި ވަކިން ހާމައަށް ބެހެއްޓުމަށްފަހު ދޮންވާންފެށުމުން އައިސްއަލަމާރީގައި ބެހެއްޓުމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ