ޓާކިޝް އެއާލައިންގެ ފްލައިޓެއް ދަތުރުކުރަމުން ދަނިކޮށް ފްލައިޓްގެ ކެޕްޓަން މަރުވެއްޖެ

ޓާކިޝް އެއާލައިންގެ ފްލައިޓެއް ދަތުރުކުރަމުން ދަނިކޮށް ފްލައިޓްގެ ކެޕްޓަން މަރުވެއްޖެ
ލިޔުން:
ޓާކިޝް އެއާލައިންސްގެ މަތިންދާ ބޯޓެއް ދަތުރުކުރަމުން ދަނިކޮށް ޕައިލެޓް ފްލައިޓެއްގެ ތެރޭގައި މަރުވެ، އެމަޖެންސީގައި ޖައްސައިފިއެވެ.
އެމެރިކާގެ ސިއޭޓަލްއިން ތުރުކީގެ އިސްތަންބޫލަށް ދަތުރުކުރި ޓާކިޝް އެއާލައިންސްގެ ޖެޓްލައިނަރގެ ކެޕްޓަން މަރުވުމާ ގުޅިގެން ނިއުޔޯކަށް އެމަޖެންސީގައި ޖައްސާފައިވާ ކަމަށް ޓާކިޝް އެއާލައިނުން ވަނީ ހާމަކޮށްފައެވެ.
ޓާކިޝް އެއާލައިންސްގެ ތަރުޖަމާނު ޔަހްޔާ އުސްތޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފްލައިޓް 204، އަންގާރަ ދުވަހުގެ ރޭ ސިއެޓަލްއިން ފުރި ފަހުން ޕައިލެޓު 59 އަހަރުގެ ލެހެހިން ޕެހެލިވަން ވަކި ހިސާބަކުން ހޭނެތިފައިވާ ކަމަށެވެ. އެއާއެކު އަވަސް ފަރުވާ ދީގެން ކެޕްޓަންގެ ހޭ އެރުވުމަށް މަސައްކަތްކުރަންފެސި ކަމަށާއި އަދި ކޯ ޕައިލެޓް އިމަޖެންސީގައި ނިއުޔޯކަށް ޖައްސަން ނިންމި ނަމަވެސް މަތިންދާބޯޓު ޖެއްސުމުގެ ކުރިން ކެޕްޓަން މަރުވި ކަމަށް އުސްޓަން ވިދާޅުވި އެވެ.
ޓްރެކިން ސައިޓް ފްލައިޓްއަވެއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއާބަސް އޭ350 މަރުކާގެ މަތިންދާބޯޓު ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ ހެނދުނު 6:00 ގެ ކުރިންނެވެ.
ޕެހްލިވަން އަކީ 2007 ވަނަ އަހަރުން ފެށިގެން ޓާކިޝް އެއާލައިންސްގައި މަސައްކަތް ކުރަމުންއަންނަ ކެޕްޓަނެއް ކަމަށްވެސް އުސްޓަން ވިދާޅުވި އެވެ. އަދި މިދިޔަ މާޗް މަހުގެ ތެރޭގައި ރޫޓިން ހެލްތް ޗެކިން ހެދުމުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
