އާރްޖޭޑީ ޕާޓީގެ ލީޑަރު ތޭޖްސްވީ ޔާދަވް ރަސްމީ ބަންގްލޯ ހުސްކުރުމަށްފަހު ސޯފާ ސެޓާއި އޭސީ ވަގަށް ނެގި ކަމަށް ބީޖޭޕީން ތުހުމަތުކޮށްފި

އާރްޖޭޑީ ޕާޓީގެ ލީޑަރު ތޭޖްސްވީ ޔާދަވް ރަސްމީ ބަންގްލޯ ހުސްކުރުމަށްފަހު ސޯފާ ސެޓާއި އޭސީ ވަގަށް ނެގި ކަމަށް ބީޖޭޕީން ތުހުމަތުކޮށްފި
ލިޔުން:
ވަޒީފާގެ ނުފޫޒާއި މަނީ ލޯންޑަރިންގެ ކުށުގައި މަގާމުން ދުރުކޮށްފައިވާ ޑެޕިއުޓީ ޗީފް މިނިސްޓަރ އާރްޖޭޑީގެ ލީޑަރު ތޭޖްސްވީ ޔާދަވް ރަސްމީ ބަންގްލޯ ހުސްކުރުމަށްފަހު ސޯފާ ސެޓާއި އޭސީ ވަގަށް ނެގި ކަމަށް ބީޖޭޕީން ތުހުމަތުކޮށްފިއެވެ.
ބިހާރުގެ ބީޖޭޕީ މީޑިއާ އިންޗާޖް ދާނިޝް އިގްބާލް ވަނީ އާރްޖޭޑީގެ ލީޑަރު އަދި ކުރީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ތޭޖްޝްވީ ޔާދަވްގެ ބަންގްލޯ ހުސްކުރުމުގެ ތެރޭގައި އެ ތަނުން ފަރުނީޗަރާއި ލައިޓްތަކާއި، ހިފާގެންގުޅޭ ބައެއް ސާމާނު އަދި އެއާކޮންޑިޝަން ފަދަ ގިނަ ތަކެތި ގެއްލިފައިވާ ކަމަށް ބުނެފައެވެ.
ދާނިޝް އިގްބާލް ބުނެފައިވަނީ އޭނާ ކުރަނީ ހަމައެކަނި ތުހުމަތެއް ނޫން ކަމަށާއި، އެއީ ސާބިތުކުރެވިފައިވާ ކަމެއްކަމަށާއި، ތޭޖަސްވީ ޔާދަވް އޭނާގެ ރަސްމީ ގެކޮޅު ހުސްކުރި ގޮތް ދައްކުވައިދެނީ އޭނާގެ ތަރުބިއްޔަތު ކަމަށާއި، އެގެ ހުސްކުރި ގޮތުގެ ސަބަބުން ތޭޖްސްވީ ޔާދަވް ސަރުކާރުގެ މުދާ ފޭރިގަންނާނެ ގޮތް ދައްކުވައިދީފި ކަމަށެވެ.
"އެނދުގެ ގޮދަޑި އާއި، އޭސީ އާއި ލައިޓްތަކާއި، ފާހާނާގައި ހުރި ފެން އިސްކުރުތައް ވަނީ ނަގާފައި. އަދި ބެޑްމިންޓަން ކޯޓުގެ މެޓް ވެސް ނަގައި، ފައުންޓޭން ލައިޓާއި ސޯފާތައް ވަނީ ނަގާފައިހުރުމުން ޓެޖްސްވީ ޔާދަވް ދިޔައީ އެ އެއްޗެހި ހިފައިގެންކަން އެނގޭ، މިއީ އޭނާގެ ނަފްސާނީ މައްސަލައެއް ހުރިކަން ވަރަށް ބޮޑަށް ހާމަކޮށްދޭ ކަމެއް،" ދާނިޝް އިގްބާލް ވިދާޅުވި އެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގެ ރައުސް އެވެނިއު ކޯޓުން ވަނީ ވަޒީފާގެ ނުފޫޒާއި މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކޮށްފައިވާ ރާޝްޓްރިއާ ޖަނަތާ ދަލް (އާރްޖޭޑީ) ގެ ވެރިޔާ އަދި ބިހާރުގެ ކުރީގެ ޗީފް މިނިސްޓަރު ލާލޫ ޕްރަސާދު ޔާދަވް އާއި އޭނާގެ ފިރިހެން ދަރިންނާއި ޕާޓީގެ ލީޑަރުން ކަމަށްވާ ތޭޖްޝްވީ ޔާދަވް އާއި ތޭޖް ޕްރަތާޕް ޔާދަވް އަށް ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.
އެ ދެ މީހުންނަށް ކަފާލާތު ދީފައި ވަނީ އެއް ލައްކަ ރުޕީސް ގެ ބެއިލް ބޮންޑަކާއި އެ އަދަދަށް ޖާމިނީ ބޮންޑެއް ހުށަހެޅުމުންނެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އޑުއެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ އޮކްޓޯބަރު މަހުގެ 25 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
