ތޫފާން މިލްޓަންގެ ބާރުގަދަވެ އެމެރިކާގެ ފްލޮރިޑާއިން 15 މިލިއަން މީހުން އެމީހުން ދިރިއުޅޭ ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފި

ތޫފާން މިލްޓަންގެ ބާރުގަދަވެ އެމެރިކާގެ ފްލޮރިޑާއިން 15 މިލިއަން މީހުން އެމީހުން ދިރިއުޅޭ ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފި
ލިޔުން:
ތޫފާން މިލްޓަންގެ ބާރުގަދަވެ އެމެރިކާގައި ހިންގަންޖެހުނު އެއްމެ ބޮޑު އިވެކްއޭޝަނަށް ތައްޔާރުވުމަށް ފްލޮރިޑާގެ ރައްޔިތުންނަށް އިލްތިމާސްކޮސްފިއެވެ.
އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) އިން ބުނެފައިވަނީ ތޫފާން މިލްޓަން ކެޓަގަރީ 5 ގެ ތޫފާނަކަށް ބަދަލުވުމާ ގުޅިގެން މިދިޔަ 10 ވަރަކަށް އަހަރު ތެރޭ އެންމެ ބޮޑު އިވެކުއޭޝަން ޑްރައިވް ފްލޮރިޑާ ގައި ކުރިއަށް ގެންދަންޖެހިފައިވާކަމަށެވެ. އެގޮތުން ތޫފާން މިލްޓަން ޢާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ފްޮރިޑާގެ 15 މިލިއަނަށް ވުރެ ގިނަ މީހުން، އެމީހުން ދިރިއުޅޭ ގެތައް ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
2017 ވަނަ އަހަރުގެ ފްލޮރިޑާއަށް އެރި ތޫފާން އިރްމާ އާއި ގުޅިގެންވެސް ފްލޮރިޑާގެ 7 މިލިއަނަށްވުރެ ގިނަ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައިވެއެވެ.
ގަލްފް އޮފް މެކްސިކޯގެ ސަރަޙައްދުގައި އުފެދިޮފައިވާ ތޫފާނުގެ ވައިގެ ބާރުމިން އެވްރެޖް ގޮތެއްގައި 150 މޭލު ބާރުމިން ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ބުދަ ދުވަހު ޓެމްޕާ ބޭ ސަރަހައްދަށް އެ ތޫފާން އަރާނެ ކަމަށާއި، މެދުތެރޭ ފްލޮރިޑާ ހުރަސްކޮށް އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ދަތުރުކުރާއިރުވެސް ތޫފާނެއްގެ ގޮތުގައި ތޫފާން މިލްޓަން ގެ ބާރުމިން ދެމިއޮންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ތޫފާން މިލްޓަން އަކީ ދާދި ފަހުން ފްލޮރިޑާގެ އުތުރުން އެޕަލަޗިއަން ފަރުބަދަތަށް ހިމެނޭ ސަރަހައްދަށް އެރި ތޫފާން ހެލީންގެ ސަބަބުން 230 މީހުން މަރުވި ތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަނެއްކާވެސް ފްލޮރިޑާއަށް އަރާ އާދަޔާ ހިލާފު ބާރުގަދަ ތޫފާނެއްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
ފްލޮރިޑާގެ ގަވަރުނަރު ރޮން ޑެސަންޓިސް ވަނީ ތޫފާން ހެލެންއާ އަޅާބަލާއިރު ތޫފާން މިލްޓަން ގެ ބާރުގަދަވެ އެ ސްޓޭޓުން ކަރަންޓު ކެނޑިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
