އާދަމް ޝަރީފުގެ ޕޭޖުން: ޖަޕާނުގައި ޓީޗަރުންގެ ދުވަސް ފާހަގައެއް ނުކުރެއެވެ.

އާދަމް ޝަރީފުގެ ޕޭޖުން: ޖަޕާނުގައި ޓީޗަރުންގެ ދުވަސް ފާހަގައެއް ނުކުރެއެވެ.
ލިޔުން:
ޖަޕާނުގައި މުދައްރިސުންގެ ދުވަސް ފާހަގައެއް ނުކުރެއެވެެ.
އަހަރެންގެ ރަހުމަތްތެރިއެއް ކަމުގައިވާ ޔަމަމޯޓޯ ގާތު އެހީމެވެ.
ތިބާހުން ޖަޕާނުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ކޮންތާރީޚަކު ހެއްޔެވެ؟ އެ ދުވަހު އޮންނަނީ ކޮންކަންތައްތަކެއް ހެއްޔެވެ؟
ހައިރާންވެފައި ހުރެ އޭނާ ބުނީ ޖަޕާނުގައި އެމީހުން މުދައްރިސުންގެ ދުވަސް ފާހަގަ ނުކުރާ ކަމަށެވެ.
އެ ޖަވާބު އިވިފައި އޭނާގެ ބަސް ގަބޫލުކުރާނީތޯ ނުވަތަ ނޫންތޯ ސުވާލު އުފެދި ފިކުރު ދެބައި ވިއެވެ. އެއީ ޖަޕާނަކީ ތަރައްގީ ވެފައިވާ އިގްތިސާދު ވަރުގަދަ ފަންނިއްޔާތުގެ ގޮތުން އެންމެ ކުރީގައި އުޅޭ ގައުމަށް ވެފައި މުދައްރިސުންގެ ދުވަހެއް ފާހަގަ ނުކުރާ ވާހަކަ އިވުނީމައެވެ.
ޔަމަމޯޓޯ ދައުވަތު ދިނީ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އޭނާގެ ގެއަށް ދިއުމަށެވެ. އޭނާ ދިރިއުޅެނީ ސުކޫލާއި ވަރަށް ދުުުރުގައި ހުންނަ ގެއެއްގައި ކަމުން އަހަރެންނަށް ޖެހުނީ އާއްމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާށެވެެ. އަހަރެން އެރިބަހުގެތެރެ އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. އެއީ ހަވީރުގެ ވަގުތުކަމުން އެންމެން ވެސް މަސައްކަތް ނިންމާލުމަށް ފަހު ގެއަށްދާން ހެލިގަންނަ ވަގުތަކީ އެއީ ކަމަށް ވާތީއެވެ. ބަހުން އަހަންނަކަށް ގޮނޑިއެއް ނުލިބުނެވެ. އެހެންވެ ހުރީ ކޮޅަށެވެ. ގޮނޑިއެއްގައި އިށީންދެ އިން ދުވަސްވީ މީހަކު ތެދުވެ އަހަންނަށް ގޮނޑި ދެއްކިއެވެ. ތަކުރާރުކޮށް ނޫނެކޭ ބުނުމުންވެސް ގަބޫލެއް ނުކުރިއެވެ.
އެގޮނޑީގައި ނުއިށީންދެ ފަރުޖެއްސޭގޮތެއް ނުވިއެވެ.
ދަތުރު ނިންމާލުމަށްފަހު ޔަމަމޯގާތު އެވާހަކަ ބުނީމެވެ. ހިނިތުންވެލާފައި ދައްކާލީ އަހަރެންގެ މޭމަތީގައި ޖަހާފައިވާ މުދައްރިސެއްކަން ރަމްޒުކޮށްދޭ ބެޖެވެ. އަދި ބުންޏެވެ. އެ މުސްކުޅިޔާއަށް ތިޔަ ބެޖު ފެނުނީއެވެ. މިތަނުގެ ސަގާފަތަކީ މުދައްރިސެއްކަން އެނގިއްޖެނަމަ އިށީންދެ އިންނަ ގޮޑިވެސް އެމީހަކަށް ދިނުމުގެ ސަގާފަތެވެ. އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ.
މިއީ ޔަމަމޯޓޯގެ ގެއަށްދާ ފުރަތަމަ ދުވަސްކަމުން ހަދިޔާއެއް ނުލައި އެ ގެއަަަށް ދިޔުމަކީ ހިތްހަމަ ޖެހޭކަމަށް ނުވިއެވެ. އެހެންކަމުން އަހަރެން ބޭނުންވީ ފިހާރައަކަށް ގޮސް ހަދިޔާއެއް ގަންނާށެވެ.
މުދައްރިސުންނަށް ޑިސްކައުންޓު ލިބޭ ޚާއްސަ ފިހާރަތައް ޖަޕާނުގައި ހުންނަކަން އޭނަގެ ވާހަކަތަކުން އެނގުނެވެ.
ފިހާރަތަކުން ޚާއްސަ ޑިސްކައުންޓެއް ލިބޭނީ ކީއްެވެތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ.
ޖަޕާނުގައި އެންމެ އިހުތިރާމް ލިބޭ ވަޒީފާއަކީ މުދައްރިސްކަމުގެ ވަޒީފާއެެވެ. އެންެމެ ގަދަރުވެރިންނަކީ މުދައްރިސުންނެވެ. އެހެންކަމުން ފިހާރައަކަށް މުދައްރިސަކު ވަދެއްޖަނަމަ ވިޔަފާރިވެރިންނަށް ލިބޭ ޝަރަފަކަށް އެކަން ވަނީއެވެ. އެކަމަށްޓަކައި އެމީހުން އުފާކުރާނެއެވެ.
ޖަޕާނަށް ކުރި ދަތުރުން ތަކުރާރުކޮށް މުދައްރިސުންނަށް ކުރާ ގަދަރާއި އިހުތިރާމް ފެނުނެވެ. ފުންލޯބި އިހުސާސް ކުރެވުނެވެ. އާއްމު ދަތުރުފަތުރުގެ ނިޒާމުގައި މުދައްރިސުންނަށް ޚާއްސަ ގޮނޑި ހުރެއެވެ. މުދައްރިސުންނަށް ޚާއްސަ ފިހާރަތައް ހުރެއެވެ. ޓިކެޓް ނަގަން ކިޔުގައި މަޑުކުރާކަށް ނުޖެހެއެވެ.
މިނޫނަސް އެތައް އިމްތިޔާޒު ތަކެއް އެމީހުންނަށް ލިބޭއިރު މުދައްރިސުންނަށް ވަކި ދުވަހެއް ޚާއްސަ ކުރަން ޖެހޭ ހެއްޔެވެ؟
މިވާހަކަ ކިޔައިދިނުުމުގެ ބޭނުމަކީ މި މުޖުތަަމައުގައިވެސް މުދައްރިސުންނަށް ގަދަރާއި އިހުތިރާމް އުފެއްދުމުގެ މުހިއްމުކަން ވިސްނައި ދިނުމެވެ. އެއީ ޝަރަފުވެރި ވަޒީފާއެއް އަދާކުރާ ޝަރަފުވެރި ބަޔެކެވެ.
ލޮބުވެތި ހަންހާރަވެތި މުދައްރިސުންނޭވެ! ތިބާހުންގެ ނަމަށް ތިބާހުންގެ ގަދަރަށް އަހަރެން ކުރުނީސް ކުރަމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
