އިންޑިއާގައި 9 މީހުން މަރާލި ވުލްފް ތަކުގެތެރޭގައި ހިމެނޭ އެއްމެފަހު ފުލްފް މަރާލައިފި

އިންޑިއާގައި 9 މީހުން މަރާލި ވުލްފް ތަކުގެތެރޭގައި ހިމެނޭ އެއްމެފަހު ފުލްފް މަރާލައިފި
ލިޔުން:
އިންޑިއާގެ ނޭޕާލް ބޯޑަރު ކައިރީގައި އޮންނަ ބެހެރައިޗް ޑިސްޓްރިކްޓްގައި 9 މީހުން މަރާލި ފުލްފު ތަކުގެ ތެރެއިން އެއްމެ ފަހު ވުލްފު މަރާލައިފިއެވެ.
މިދިޔަ އޭޕްރިލް މެދުތެރެއިން ފެށިގެން ބެހެރައިޗް ޑިސްޓްރިކްޓްގެ 30 އަވަށެއް އުޅެންޖެހިފައިވަނީ ވްލްފު ތަކުގެ ހަމަލާތަކެއްގެ ސަބަބުން ސިހުމާއި ބިރުވެރުކަމެއްގެ ތެރޭގައެވެ. ވުލްފް ތައް އެ އަވަށު ތެރެއަށް އަރައި މީހުން މަރަން ފެށުމުން އެ ސަރަހައްދުގެ މީހުން ވަނީ ބިރުވެރިކަން އުފެދި ދިރިއުޅުމުގެ ކަންކަން ރޭގަނޑުގެ ވަގުތުތަކުގައި ކުރުން ހުއްޓުމަކަށް އައިސްފައެވެ.
ވުލްފު ތައް މަރާލާފައިވާ 9 މީހުންގެ ތެރެއިން 8 މީހުންނަކީ ކުޑަކުދިންނެވެ. ވުލްފުތައް ހަމަލާ ދިންމިޙުންގެ އަދަދު 40 އަށް އަރާފައިވާކަމަށް ފުލްފް ތައް މެރުމުގައި ބައިވެރިވާ އޮފިޝަލުން ހާމަކޮސްފައިވެއެވެ.
އެ ސަރަޙައްދުގެ އާއްމުން ހިމާޔަތް ކުރުމަށްޓަކއި ހަތިޔާރު އެޅި 150 އަށް ވުރެ ގިނަ ސިފައިންނާއި ސަރުކާރުގެ ފޮރެސްޓްރީގެ އެތައް އޮފިޝަލުންނެއް މިދިޔަ މަހު ވަނީ ވުލްވްސް ހިފުމަށް ހަރަކާތްތެރިވާން ފަށާފައެވެ. އެ ފަރާތްތަކުން ޑްރޯންތަކާއި ސަވައިލެންސް ކެމެރާތައް ބޭނުން ކޮށްގެން ހިންގި އޮޮަރޭޝަނުގައި 6 ވުލްފުގެ ތެރެއިން 5 ވްލްފް މަރާލާފައެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ވުލްވްސް އިންސާނުންނަށް ހަމަލާ ދެނީ ބަނޑުހައިހޫނުކަމުގައި ތިބޭ އިރު އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. ނަމަވެސް ވައިލްޑްލައިފް އޮފިޝަލުން ބުނާ ގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ވުލްފް ދިރިއުޅޭ ސަރަޙައްދުތަކުގައި ފެންބޮޑުވެ އެ ޖަނަވާރުތައ، ޝިކާރަކުރާ ތަންތަން ގެއްލުމުގެ ސަބަބުން އެ ޖަނަވާރުތައް ވަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ކައިރި ހިސާބުތަކަށް ކާނާ ހޯދުމަށް އަންނަން ފަށާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
