މާލެ: 31°C

ޕާކިސްތާނުގައި ޗައިނާގެ އޮފިޝަލުން ދަތުރުކުރި މޮޓޭކޭޑަކަށް ހަމަލާދީ ޗައިނާގެ 2 މީހަކު މަރާލައިފި

October 7, 2024
2 ފަހަރު ބަލާފައި
ޕާކިސްތާނުގައި ޗައިނާގެ އޮފިޝަލުން ދަތުރުކުރި މޮޓޭކޭޑަކަށް ހަމަލާދީ ޗައިނާގެ 2 މީހަކު މަރާލައިފި
ޕާކިސްތާނުގައި ޗައިނާގެ އޮފިޝަލުން ދަތުރުކުރި މޮޓޭކޭޑަކަށް ހަމަލާދީ ޗައިނާގެ 2 މީހަކު މަރާލައިފި
ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ކަރާޗީގެ އެއާޕޯޓު ކައިރީގައި އޮންނަ މަގެއްގައި ބޮމެއް ގޮއްވާލައި ޗައިނާގެ ދެ މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ އެމްބަސީން ބުނެފި އެވެ. ޕާކިސްތާނުގެ ދެކުނުގެ މެގަސިޓީ ކަރާޗީގައި ގޮއްވާލި އަޑު އޭއެފްޕީގެ ނޫސްވެރިޔަކަށް އިވުނީ އާދީއްތަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އެވެ. ޕާކިސްތާނުގެ ދެކުނު ސިންދް ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރުން އެކްސްގައި ބުނެފައި ވަނީ ރޭ 11:00 ހާއިރު އެއާޕޯޓުގެ މޮޓޯވޭގައި ޓޭންކަރެއް ގޮއްވާލާފައިވާ ކަމަށެވެ. ޕާކިސްތާނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތެއްކަމަށްވާ ބަލޫޗާ އިންވަނީ އެ ހަމަލާގެ ޒިންމާ ނަގައި ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބަލޫޗާ އިން ބުނެފައިވަނީ އެ ހަމަލާއަކީ ކަރާޗީ އެއާޕޯރޓުން ދަތުރުކުރި ޗައިނާގެ އިންޖިއަރުންނާއި އިންވެސްޓަރުން ދަތުރުކުރަމުންދިޔަ މޮޓޯކޭޑަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ ޕާކިސްތާނުގައި ހުންނަ ބެއިޖިންގެ އެމްބަސީންވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ، ޗައިނާގެ އެހީގައި ހިންގާ ޕޯޓް ގާސިމް އިންޖީނުގެ މަޝްރޫއުގެ އޮފިޝަލުން ދަތުރުކުރަމުންދިޔަ މޮޓޯކޭޑަކަށް ދިން ޓެރަރިސްޓް ހަމަލާގައި ޗައިނާގެ ދެ މީހަކު މަރުވެފައިވާ ކަމަށާއި، އޭގެ އިތުރުން ޗައިނާގެ އެކަކާއި ޕާކިސްތާނުގެ ގިނަ ރައްޔިތުންތަކެއް ޒަހަމްވެފައިވާ ކަމަށެވެ. އެމްބަސީން ވަނީ "ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގައި ހަމަލާ ދިން މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ޗައިނާގެ ރައްޔިތުންނާއި މުއައްސަސާތަކާއި މަޝްރޫއުތަކުގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށްއިލްތިމާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ