ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް ދިނުމަށާއި ޗާގޯސްގައި މީހުން ވަޒަންވެރިވުމަށް އެހީތެރިވެދޭން އިނގިރޭސިވިލާތުން ނިންމައިފި

ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް ދިނުމަށާއި ޗާގޯސްގައި މީހުން ވަޒަންވެރިވުމަށް އެހީތެރިވެދޭން އިނގިރޭސިވިލާތުން ނިންމައިފި
ލިޔުން:
50 އަހަރަށްވުރެ ގިނަ ދުވަހު ޗާގޯސްގެ ސިޔާދަތީ ބާރު ހިފަހެއްޓުމަށްފަހު އެ ބާރު ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.
އިގިރޭސިވިލާތާ މޮރިޝަސްގެ ބޮޑުވަޒީރުން ގުޅިގެން މިއަދު ނެރެފައިވާ ބާޔާނުގައި ބުނެފައިވަނީ އިންޑިއާ ކަނޑުގައި ރާޖޭގެ ދެކުނުން އޮންނަ ޖަޒީރާ އަތޮޅުތަކެއްގެ މައްޗަށް އެކުލެވޭ ޗާގޯސް ގެ މިލްކުވެރިކަމުގެ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން މިއަދުންފެށިގެން ނިމުމަކަށް އައީ ކަމުގައެވެ.
މިއަދު އިގިރޭސިވިލާތުން މޮރިޝަސް އާއ ޙަވާލުކުރަން ނިންމި ޗާގޯސްގެ ރަށްތަކުގެ ތެރޭގައި އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަނދުފަހަރާއި ދުރު ރާސްތާގެ ބޮމްބަރ މަތިންދާބޯޓުތަކުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ބޭނުންކުރާ ޓްރޮޕިކަލް އަތޮޅެއް ކަމަށްވާ ޑިއޭގޯ ގާސިއާ ވެސް ހިމެނެ އެވެ.
ޗާގޯސް މޮރިޝަސް އާއި ޙަވާލުކުރިނަމަވެސް ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ދެމިއޮންނާނެއެވެ. އަދި އެ އަސްކަރީ މަރުކަޒާ ގުޅޭގޮތުން ހަދަންޖެހޭ އެއްބަސްވުންތަކާއި މުއާހަދާތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކެއިރް ސްޓާމަރ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތުގެ ބަޔާނުގައި ބުނެފައިވަނީ ދެ އަހަރު ވަންދެން މަޝްވަރާކުރުމަށްފަހު، ނިންމުނު ނިންމުމަކީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމަށް އިތުރުވި މުހިއްމު ފިޔަވަޅެއް ކަމަށާއި، އެކަމަކީ ސުލްހަވެރިކަމާއެކު މައްސަލަތައް ޙައްލުކުރުމަށާއި، ގާނޫނުތައް ނެގެހެއްޓުމަށް ދެގައުމުން ދެއްވާ އަހްމިއްޔަތު ރަމްޒް ކޮށްދޭ ކަމެއް ކަމުގައެވެ.
އަދި ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ދައުރެއް އަދާކުރާ ޑިއޭގޯ ގާސިއާގައި މިހާރު ހުރި ދިފާއީ ބޭސް ދިގު މުއްދަތަކަށް، އަމާން އަދި ހަރުދަނާ ގޮތެއްގައި ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ލީޑަރުން ވިދާޅުވި އެވެ.
އެ ބަޔާނުގައި ދެ ފަރާތުން ވެސް ބުނެފައިވަނީ މުއާހަދާގެ ސަބަބުން "ކުރީގެ ގޯސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ޗާގޯސީންގެ ހައްގުގައި ދެ ފަރާތުން ވެސް އެއްބާރުލުން ދޭނެ ކަން ދައްކުވައިދޭނެ" ކަމަށެވެ.
މުއާހަދާގެ ދަށުން ދެ ގައުމުން އާ ޕާޓްނާޝިޕެއް ގާއިމުކުރާއިރު، އިނގިރޭސިވިލާތުން މޮރިޝަސްއަށް މާލީ އެހީގެ ޕެކޭޖެއް ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މޮރިޝަސްގެ އިންފްރާސްޓްރަކްޗާ ގާއިމް ކޮސްދިނުމާއި، ޑިއޭގޯ ގާސިއާ ފިޔަވައި، ޗާގޯސް ގެ ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިދިނުމަށްވެސް ހިމަނާފައިވެއެވެ.
އެ މުއާހަދާގެ ދަށުން 99 އަހަރަށް އިނގިރޭސިވިލާތަށް ޑިއޭގޯ ގާސިއާ ދީފައިވާއިރު އެމެރިކާއިން ވެސްވަނީ އެކަމަށް ތާއިދުކޮށްފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ތާރީހީ އެއްބަސްވުމަށް ތައުރީފު ކުރައްވައި ބަޔާނެއް ނެރެފަ އެވެ.
އެމެރިކާގެ ރައީސް ގެ ބަޔާނުގައި ބުނެފައިވަނީ އިނގިރޭސިވިލާތާ މޮރިޝަސްގެ ނިންމެވުމަކީ "ޑިޕްލޮމެސީ އާއި ޕާޓްނަޝިޕްގެ ޒަރިއްޔާއިން ގައުމުތަކުން ޒަމާނުއްސުރެ ހުރި ތާރީޚީ ގޮންޖެހުންތަކުން އަރައިގަނެ، ސުލްހަވެރި އަދި އެއްބަޔަކު އަނެއް ބަޔަކަށް ފައިދާހުރި ނަތީޖާތަކެއް ނެރެވޭނެކަން ވަރަށް ސާފުކޮށް ދައްކުވައިދޭ ކަމެއް،" ރައީސް ބައިޑަން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
