މާލެ: 31°C

ދެވަނަ ބޮޑު ހަނގުރާމާގައި އެމެރިކާއިން ޖަޕާނުގެ އެއާޕޯޓަކަށް ވަޓާލާފައި އޮތް ބޮމެއް ގޮވައިފި

October 3, 2024
2 ފަހަރު ބަލާފައި
ދެވަނަ ބޮޑު ހަނގުރާމާގައި އެމެރިކާއިން ޖަޕާނުގެ އެއާޕޯޓަކަށް ވަޓާލާފައި އޮތް ބޮމެއް ގޮވައިފި
ދެވަނަ ބޮޑު ހަނގުރާމާގައި އެމެރިކާއިން ޖަޕާނުގެ އެއާޕޯޓަކަށް ވަޓާލާފައި އޮތް ބޮމެއް ގޮވައިފި
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ޖަޕާނުގެ އެއާޕޯޓަކަށް ވަޓާލާފައި އޮތް ބޮމެއް ވަޅުލެވިފައި އޮއްވައި ގޮވައިފިއެވެ. ދެވަނަ ބޮޑުހަނގުރާމާއިގެ ދުވަސްވަރު ޖަޕާނުގެ "ކަމިކާޒޭ" ޕައިލެޓުންގެ ބޭސްއެއްގެ ގޮތުގައި ބޭނުންކުރި މިއާޒާކީ އެއާޕޯޓޫގެ ޓެކްސީވޭ ގެ ދަށުގައި ވަޅުލެވިފައިވަނިކޮށް އެ ބޮން އިއްޔެ ގޮވައި އެއާޕޯޓުގް ޓެކްސީވޭއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބޮން ގޮވުމުގެ ސަބަބުން ޓެކްސީވޭގެ މެދުގައި 23 ފޫޓު ފުޅާ އަދި 3.2 ފޫޓު ފުން ވަޅުގަނޑެއް ވަނީ އުފެދިފައެވެ. ޖަޕާނުގެ ލޭންޑް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ ޖަޕާނުގެ ހުޅަނގު ދެކުނުގެ މިއާޒާކީ އެއާޕޯޓުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް 87 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށެވެ. މިއާޒާކީ އެއާޕޯޓަކީ 1943 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ނިމެންދެން ޖަޕާނުގެ ކަމިކާޒޭ ޖެޓްތަކުގެ ބޭސްއެއްގެ ގޮތުގައި ބޭނުންކުރި އެއާޕޯޓެކެވެ. މީގެ ކުރިންވެސް އެ އެއާޕޮޓް ހިމެނޭ ސަރަޙައްދުން ނުގޮވާ ހުރި އެމެރިކާގެ ގިނަ ބޮންތަކެއް ވަނީ ފެނިފަ އެވެ. ހަނގުރާމަ ނިމުނުތާ 79 އަހަރު ވީއިރުވެސް ޖަޕާނުގެ އެކި ސަރަޙައްދުތަކުން ނުގޮވާ ހުރި ބޮންތައް ފެނުމަކީ އާއްމުކަމެކެވެ. ޖަޕާނުގެ އެސްޑީއެފް އިން ބުނި ގޮތުގައި 2023 ވަނަ އަހަރުވެސް ވަނީ 37.5 ޓަނުގެ 2،348 ބޮން ނައްތާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ