އެކި ފަރާތްތަކުން ހިލޭ ކޮށްދޭ ކަންކަން ލިބިގަނެފައިވާކަން ސާބިތުވެ ސިންގަޕޯރ ގެ ކުރީގެ މިނިސްޓަރަކު ޖަލަށް ލައިފި

އެކި ފަރާތްތަކުން ހިލޭ ކޮށްދޭ ކަންކަން ލިބިގަނެފައިވާކަން ސާބިތުވެ ސިންގަޕޯރ ގެ ކުރީގެ މިނިސްޓަރަކު ޖަލަށް ލައިފި
ލިޔުން:
ސިންގަޕޯގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ގައި ހިމެނިވަޑައިގަންނަވާ އެސް އިސްވަރަންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާއާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ 12 މަހަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
އިސްވަރަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއާ ގުޅުން ހުރި މީހެއްގެ އަތުން 3 ލައްކަ ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ހަދިޔާ ބަލައިގަތުމުގެ ހަތަރު ދައުވާއަކާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެކެވެ.
މިދިޔަ ހަފުތާގައި އިސްވަރަން ވަނީ ދައުވާއަށް އިއުތިރާފުވެ، ޕްރޮސެކިއުޓަރުން ވަނީ ޖުމްލަ ދައުވާ 35 އިން 5 އަށް ކުޑަކޮށްފަ އެވެ. މީގެ ކުރިން ހުށަހެޅި ދައުވާގައި ވާގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ފުޓްބޯޅަ މެޗުތަކާއި މިއުޒިކް ޝޯ ތަކާއި އޮންގްގެ ޕްރައިވެޓް ޖެޓްގައި ދަތުރުކުރުމާއި، ސިންގަޕޫރު ފޯމިއުލާ 1 ގެ ޓިކެޓް އިޝްވަރަން އަށް ލިބުނީ ރިޝްވަތުގެ ގޮތުގައި ކަމަށެވެ.
ކެބިނެޓްގެ ކުރީގެ މެންބަރަކު ފުރަތަމަ ފަހަރަށް ޖަލަށް ލުމަށް ފަހު، ކޯޓުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އިސްވަރަން އަށް ކަފާލާތުގެ ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް އޭނާގެ ޖަލު ހުކުމް އަންނަ ހޯމަ ދުވަހު (އޮކްޓޯބަރު 7) ފަށަން ޖެހޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ގާތްގަނޑަކަށް ބައި ގަރުނުގެ ތެރޭގައި ސިންގަޕޫރުގައި ވަޒީރުންގެ ކޮރަޕްޝަންގެ ޝަރީއަތާއި ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މައްސަލަ ހުށަހެޅީ 1986 ވަނަ އަހަރު ގައުމީ ތަރައްގީގެ ވަޒީރަކު ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުގައި ތަހުގީގު ކުރި ހިސާބުންނެވެ. މިނިސްޓަރު އަވަހާރަވީ އޭނާގެ މައްޗަށް ކޯޓުގައި ދައުވާ ކުރުމުގެ ކުރިންނެވެ.
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްއިން ދައްކާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ ސިންގަޕޯރ އަކީ ދުނިޔޭގައި ކޮރަޕްޝަނަށް އެއްމެ މަދު 5 ވަނަ ގައުމެވެ.
އިސްވަރަން އަކީ 1997 ވަނަ އަހަރު ޕާލިމެންޓަށް ހޮވި، ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ޓްރާންސްޕޯޓް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނުގެ އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދެއްވީ ސިންގަޕޫރު ވައިގެ ހަބެއްގެ ގޮތުގައި އަލުން ބިނާކޮށް މެރިޓައިމް ސެންޓަރެއްގެ ގޮތުގައި ސިންގަޕޫރު ތަޢާރަފްކުރުމަށެވެ.
މީގެ އިތުރުން 2008 ވަނަ އަހަރު ފޯމިއުލާ ވަން ނައިޓް ރޭސް އެ ގައުމަށް ގެނައުމުގައި އިސްވަރަން އަދާކުރި ދައުރުން ވެސް އިސްވަރަން އަށް ވަނީ މަގުބޫލުކަން ލިބިފަ އެވެ.
ގާނޫނީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ކުރިން އިސްވާރަން ހުންނެވީ ސިންގަޕޫރުގެ ވިޔަފާރީގެ ގުޅުންތަކާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ މަގާމުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
