ދުނިޔޭގެ އެންމެ ދުވަސްވީ އައިލައިނާ ތުރުކީން ފެނިއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ އައިލައިނާ ތުރުކީން ފެނިއްޖެ
ލިޔުން:
ދުނިޔޭގެ އެންމެ ދުވަސްވީ އައިލައިނާ ތުރުކީން ފެނިއްޖެއެވެ.
ތުރުކީގެ ތުރުކީގެ އިޒްމީރު ސިޓީގައި އޮންނަ ޒަމާންވީ އާސާރީ ސަހަރެއް ކޮނުމުގެ ތެރެއިން އާކިއޮލޮޖިސްޓުންނަށްވަނީ މީގެ 8،200 އަހަރުކުރިން އިންސާނުން ބޭނުންކޮށްފައިވާ އައިލައިނާރ އެއް ފެނިފައެވެ. އެހެންކަމުން އާކިއޮލޮޖިސްޓުންނަށް ވަނީ މީގެ 8،000 އަހަރު ކުރިންވެސް އިންސާނުން މޭކަޕްކުރާކަން ކަށަވަރު ކުރެވިފައެވެ.
ތުރުކީގެ ހުޅަނގުގެ ޒަމާންވީ ސަހަރެއް ކަމަށްވާ ޔެސިލޯވާ ހޮޔޫކްއިން ފެނުނު ކޯލް ސްޓިކް އައިލައިނާ އަކީ އަދިވެސް މީހުންގެ މެދުގައި މަގުބޫލު އައިލައިނާގެ ވައްތަރެކެވެ.
ކޯލް ސްޓިކް އަކީ ފެހި ކުލައިގެ ސާޕެންޓައިން ހިލަ ބޭނުންކޮށްގެން ހަދާފައިވާ ސްޓިކްއެއް ކަމަށާއި އެ ސްޓިކް ބޭނުންކުރިތާ 8،200 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންވެސް އޭގެ ކޮޅުގައި ކަޅު ކުލައިގެ ނިޝާންތައް ހުރިކަމަށް އާކިއޮލޮޖިސްޓުން ބުނެފައިވެއެވެ.
އެ ހޯދުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ލީޑް އާކިއޮލޮޖިސްޓް ޒަފަރ ޑެރިން ވިދާޅުވެފައިވަނީ ޒަމާނުއްސުރެ ކޯލް އަކީ ހުރިހާ ޖިންސަކާއި ހުރިހާ ދަރަޖަތަކާއި އަދި ވިޔާފާރީގެ ބޭނުމަށްވެސް ގެންގުޅެފައިވާ އެއްޗެއްކަމަށެވެ. އަދި މިސްރު، ލެވަންޓް، ސީރިއާ، އީރާން، އެނަޓޯލިއާ ފަދަ ދުނިޔޭގެ އެކި ހިސާބުތަކުގައި މި ކޯލް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭކަމަށެވެ.
"ޔެސިލޯވާ ހޮޔެކްއިން ފެނުނު ކޯލް ސްޓިކަކީ މިހާތަނަށް ފެނުނު އެންމެ ދުވަސްވީ މިސާލެވެ. މިކަމުން އެނގެނީ ޔެސިލޯވާގައި ދިރިއުޅޭ ފުރަތަމަ އެޖިއަން އަންހެނުން އެމީހުންގެ ރީތިކަމަށް ކިހާ ވަރަކަށް ލޯބިކުރާކަން،" ޑެރިން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
