މާލެ: 31°C

ސްކޫލުގެ ކުރިއެރުމަށްޓަކައި ކަލާންގެ ރުހުން ހޯދުމަށް ކުއްޖަކު މަރާލައި ގުރުބާންކޮށްފި

September 28, 2024
2 ފަހަރު ބަލާފައި
ސްކޫލުގެ ކުރިއެރުމަށްޓަކައި ކަލާންގެ ރުހުން ހޯދުމަށް ކުއްޖަކު މަރާލައި ގުރުބާންކޮށްފި
ސްކޫލުގެ ކުރިއެރުމަށްޓަކައި ކަލާންގެ ރުހުން ހޯދުމަށް ކުއްޖަކު މަރާލައި ގުރުބާންކޮށްފި
އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ހަތުރާސް ސިޓީގެ ޕްރައިވެޓް ސްކޫލެއްގައި ސުކޫލަށް ތަނަވަސްކަމާއި ކުރިއެރުން ގެނައުމަށްޓަކައި ބުލެކްމެޖިކު ހެދުމުގައި 7 އަހަރުގެ ކުއްޖަކު މަރާލައި ގުރުބާންކޮށްފިއެވެ. ގްރޭޑް 2 ގައި ކިޔަވަމުން އަންނަ 7 އަހަރުގެ ފިރިހެން ކުއްޖާ މަރާލުމުގައި އެ ސްކޫލުގެ ޑިރެކްޓަރާއި އެކު 3 ޓީޗަރުންނާއި އެކުއްޖާގެ ބައްޕަވެސް ބައިވެރިވެފައިވެއެވެ. ސްކޫލަށް ތަނަވަސްކަމާއި ހެޔޮ ނަސީބު ގެނެސްދޭނެ ކަމަށް ގަބޫލުކޮށް އެމީހުން އޭގެ ކުރިން އެހެން ކުއްޖަކުވެސް ގުރުބާންކުރަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ މަރާލި ކުއްޖާގެ ބައްޕަ އަކީ އިންޑިއާގެ ވެރިރަށް ދިއްލީގެ އަމިއްލަ ކުންފުންޏެއްގެ ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޖަޝޯދަން ސިންގް ކިޔާ މީހެއްކަމަށާއި، ސްކޫލުގެ ޑައިރެކްޓަރު ދިނޭޝް ބަގޭލް އާއި އިތުރު 3 ޓީޗަރުންނާއެކު އެކުއްޖާ މަރާލުމުގެ ކުށުގައި ކުއްޖާގެ ބައްޕައާއި ސްކޫލުގެ ޑިރެކްޓަރާއި 3 ޓީޗަރުން މިހާރުވަނީ ހައްޔަރުކޮށްފއެވެ. ކަޅު ޖާދޫ (ސިހުރު) އާއި އިންސާނީ ގުރުބާނީއަށް އީމާންވާ ކަމަށް ފުލުހުން ބުނާ ސިންގް މި ކަން ކުރީ އެ ސްކޫލުގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެ އެވެ. "އެ ކުއްޖާ ގުރުބާން ކުރީ ސްކޫލުގެ ކާމިޔާބީ އާއި ޝަރަފަށް ޓަކައި ކުރާ އަޅުކަމެއްގެ ތެރެއިން. މަރާލުމުގައި އިތުރު ބަޔަކު ބައިވެރިވިތޯ ބަލަމުން މިދަނީ،" ފުލުހުންގެ ސީނިއާ އޮފިސަރު ނިޕުން އަގަރްވާލް ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވެއެވެ. ސީނިއާ އޮފިސަރު ނިޕުން އަގަރްވާލް ބުނެފައިވަނީ ޑައިރެކްޓަރާއި އޭނާގެ ބައްޕަ މީގެ ކުރިން ވެސް އެހެން ފިރިހެން ކުއްޖަކު ގުރުބާން ކުރަން މަސައްކަތް ކޮށްފައިވާކަމަށާއި ނަމަވެސް އެފަހަރު އެކަން ނާކާމިޔާބުވެފައިވާ ކަމަށެވެ. ނަމަވެސް ކުރިން ކުރި މަސައްކަތް ކާމިޔާބު ނުވި ސަބަބެއް  އަނިޔާ އެކަމުގެ ތެރޭގައި އަނިޔާ ލިބުނު ކުއްޖާއަށް ވީ ގޮތުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ކަލާނގެ ރުއްސުމަށް ކުރާ ކަމެއްގެ ގޮތުގައި އިންސާނުން ގުރުބާންކުރުމަކީ އިންޑިއާގައި މަދުންނަމަވެސް މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ