މާލެ: 31°C

މައުލޫމާތު ހުރި ނިންމުންތައް ނިންމުމުގައި ކާޅު ބޭނުންކުރަނީ ސްޓެޓިސްޓިކަލް އިންފެރެންސް: ދިރާސާ

September 27, 2024
30 ފަހަރު ބަލާފައި
މައުލޫމާތު ހުރި ނިންމުންތައް ނިންމުމުގައި ކާޅު ބޭނުންކުރަނީ ސްޓެޓިސްޓިކަލް އިންފެރެންސް: ދިރާސާ
މައުލޫމާތު ހުރި ނިންމުންތައް ނިންމުމުގައި ކާޅު ބޭނުންކުރަނީ ސްޓެޓިސްޓިކަލް އިންފެރެންސް: ދިރާސާ
އަހަރެމެން އިންސާނުން ކަންކަން ކަނޑައެޅުމުގައި ކަމުގެ އަސްލަށާއި މާޒީގެ ތަޖުރިބާއަށް ބަލާ ގޮތަށް ކާޅުވެސ ކަންކަން ނިންމުމުގައި ކުރަންއުޅޭ ކަމަށާއި މާޒީއާ ގުޅުވައި ކަންކަން ނިންމާކަން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކައިފިއެވެ. އެ ދިރާސާގައި ކާޅުތަކަށް ވަނީ މަހެއް ކުރިން ތަޖުރިބާކުރުވި ގޭމެއް ޙަވާލުކުރުމާއެކު އޭގެ ނަތީޖާ ތަޖުރިބާ އާއިގުޅުވާފައެވެ. އަދި އޭގެ ތެރެއިން ތޫނުފިލި ކާޅުތައް ވަނީ ސްޓެޕްތަކާއި ބޭނުންކުރާނެ ވަސީލަތްތައްވެސް ތަޖުރިބާގެ އެހީގައި ދެނެގަނެފައެވެ. އަޅިގަނޑުމެން ކަންކަން ނިންމުމުގައި އަބަދުވެސް ބަރޯސާވަނީ އަޅުގަނޑުމެންގެ ކުރީގެ ތަޖުރިބާތަކަށް ބަރޯސާވެ، ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމުގެ މައްޗަށެވެ. މިސާލަކަށް ވެހިކަލެއް ދުއްވާފަ ތަނަކަށް ދާނަމަ ހަފުތާގެ ދުވަހާއި ވަގުތާއި ކުރީގެ ޓްރެފިކް ހާލަތު ފަދަ މުހިންމު މައުލޫމާތުތައް ހަނދާންކޮށް، ދުވަހާއި ވަގުތާ ގުޅޭ މަޢުލޫމާތު ބޭނުންކޮށްގެން، އެވަގުތު ތޮއްޖެހުން ކުޑަވާނީ ކޮން މަގެއްތޯ ދެނެގަނެއެވެ. ވިސްނުމުގެ އެ މަރުހަލާއަކީ "ސްޓެޓިސްޓިކަލް އިންފެރެންސް"ގެ މިސާލެކެވެ. ސައިންސްވެރިން ކުރިން ގަބޫލުކުރި ގޮތުގައި ނިންމުންތައް ނިންމުމުގައި ސްޓެޓިސްޓިކަލް އިންފެރެންސް ބޭނުން ކުރުމަކީ ހަމައެކަނި އިންސާނުންގެ ސިފައެއް ކަމަށެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދެނެގަނެވުނު ގޮތުގައި ކާޅުވެސް ތަފާސް ހިސާބުގެ އަންދާޒާގެ މައްޗަށް ބިނާކޮށް ކަންކަން ކަނޑައަޅާކަން ވަނީ ދެނެގަނެވިފައެވެ. ޖަރުމަނުގެ ޔުނިވާސިޓީ އޮފް ޓުބިންގަންގެ ސައިންސްވެރިން ކުރި ދިރާސާއިން ދެއްކި ގޮތުގައި ކާޅުތައްވެސް ކުރަންއުޅޭ ކަމުގެ ބާވަތުން އެއް ޗޮއިސް އެއް އިހްތިޔާރުކުރުމުގައި އެންމެ ރަނގަޅު ވާނެ ގޮތް ކުރީގެ ތަޖުރިބާއިން ދެނެގަނެއެވެ.  އެކަމަކީ އިންސާނުން ހޯމަ ދުވަހެއްގައި ވަކި ގަޑިއެއްގައި ވެހިކަލް ދުއްވައެއް ނަގާ ރޫޓު ހަފްތާ ބަންދުގެ ތެރޭގައި އެ ރޫޓު ޓްރެފިކް ބާރު ބޮޑުވާ ކަން ތަޖުރިބާ ކުރެވިފައިވާތީ ހަފްތާ ބަންދުގައި އެ ރޫޓު ނޫން ޗޮއިސްއަކަށް ދިއުން ކަހަލަ ކަމެއްކަމަށް އެ ހޯދުންތައް ޝާއިއުކުރީ ކަރަންޓް ބަޔޮލޮޖީ ޖާނަލްގައި ބުނެފައިވެއެވެ. ސައިންސްވެރިން ވަނީ 2 ކެރިއޮން ކާޅަށް ކާތަކެތި ހޯދާނެ 9 ގޮތަކަށް ޓްރެއިން ކުރުވަފައެވެ. އެ 9 ގޮތުގެ ތެރޭގައި ކާތަކެތި ހޯދުމުގައި %10 އާއި %90 ގެ ތަފަތު ގެންގުޅެފައިވެއެވެ. އެގޮތުން ސްކްރީނެއްގައި ދައްކާ ފޮޓޯ އަކަށް ތުންގަނޑު ޖަހައިގެން ޖަވާބު ދިނުމުން ސައިންސްވެރިން ކާޅަށް އކާތަކެތި ދީފައިވަނީ ގުޅިފައިވާ ޕްރޮބެބިލިޓީއަށް ބަލައިގެންނެވެ. މިސާލަކަށް "20 އިންސައްތަ ޕްރޮބެބިލިޓީ" ހަވާލުކޮށްފައިވާ ކްރޮސްއެއްގެ ތަސްވީރަކަށް ކާޅު ތުންގަނޑު ޖަހައިފިނަމަ ސައިންސްވެރިން 20 އިންސައްތަ ކާއެއްޗެހި ކާޅަށްދޭނެއެވެ. ދެން އެ ދިރާސާގައި ކާޅުތަކަށް އެއް ނިޝާން ދެއްކުމުގެ ބަދަލުގައި ސްކްރީނުން 2 ނިޝާން ދެއްކުމުން، ކާޅުތައް އިޚްތިޔާރު ކުރަން ޖެހުނީ ޖަވާބު ދޭނީ ކޮން ތަސްވީރަކަށްތޯ އެވެ. އަދި އެކަން ކުރަން އެކާޅުތަކަށް ދިނީ 8 ސިކުންތެވެ. އެ ދިރާސާގައި ސައިންސްވެރިން އުންމީދު ކުރީ ކާޅުތައް %50 ރަނގަޅަށް ނިންމާނެ ކަމަށް. ނަމަވެސް އޭގެ ބަދަލުގައި ދެ ކާޅު ވެސް ޚިޔާރުކުރީ %76 ވަގުތު އޮޕްޓިމަލް ޝޭޕެވެ. އަދި ކާޅުތަކަށް ވަގުތުން "ގޭމް" ވިސްނުނެވެ. ގާތްގަނޑަކަށް 5،000 ޓްރަޔަލްގައި އެ ފަހަރު ކާލުތައް ލައްވައި އެ ގޭމް ކުޅުވުމަށްފަހު  އޭގެ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް އެ ގޭމް އެ ކާޅުތައް ލައްވައި ކުޅުވުމުން އެ ކާޅުތައްވަނީ އިތުރު ތަމްރީނެއް ދިނުމަކާ ނުލައި ކުރީގެ ޕާފޯމަންސް ދަމަހައްޓައިފަ އެވެ. ކާޅު ނިންމުންތައް ނިންމި ގޮތް ދެނެގަތުމަށް ސައިންސްވެރިން އިތުރު ދިރާސާއެއްވެސް ކުރިއެވެ.  ސައިންސްވެރިން  ބޭނުންވީ މުޅި އެކްސްޕެރިމެންޓުގައި (އެބްސޮލިއުޓް ފްރިކުއެންސީ) އެންމެ ގިނަ ފަހަރަށް ތުންގަނޑު ޖަހައިގެން އިނާމު ހޯދި ފޮޓޯ އާއި އެކު އެހެން ޗޮއިސް (ރިލޭޓިވް ފްރިކުއެންސީ) އެއް ދެއްކުމުން އަޅާ ކިޔައިގެން އިނާމެއް ލިބުމުގެ ފުރުސަތާ މެދު ވިސްނަނީތޯ ބެލުމަށެވެ. އެ ދިރާސާއިން ކާޅަކީ ހަމައެކަނި ރިވާޑް ފްރިކުއެންސީއަށް ފޯކަސް ކުރުމުގެ ބަދަލުގައި ޕްރޮބެބިލިޓީތައް އަޅާކިޔުމުގެ ޤާބިލުކަން ވެސް ހުންނަކަން ކަމަށެވެ. އެ ދިރާސާގައި ސައިންސްވެރިން ބުނެފައިވަނީ ތަފާސް ހިސާބު ދެނެގަތުމުގެ އިތުރަށް ކާޅަކީ މީހުންވެސް ދެނެގަންނަ އެއްޗެއް ކަމަށް މީގެ ކުރިންވެސް ދެނެގަނެފައިވާ ކަމަށާއި، އަދި ކާޅަކީ ބުޅިއާއި ތޫނު އެއްޗެހިވެސް ތައްޔާރުކޮށް ފަހުން ބޭނުންކުރުމަށްޓަކައި  ރައްކާކުރުމުގެ ގާބިލްކަން ހުންނަ އެއްޗެއް ކަމަށް ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ