މަރާލާފައިވާ 88 މީހުންގެ ހަށިގަނޑު ކޮންޓެއިނަރ އަކަށް ލާފައި އިސްރާއީލުން ގާޒާ އަށް ފޮނުވައިފި

މަރާލާފައިވާ 88 މީހުންގެ ހަށިގަނޑު ކޮންޓެއިނަރ އަކަށް ލާފައި އިސްރާއީލުން ގާޒާ އަށް ފޮނުވައިފި
ލިޔުން:
މަރާލާފައިވާ ފަލަސްތީނުގެ 88 މީހެއްގެ ހަށިގަނޑު ކޮންޓެއިނާ އަކަށްލާފައި އިސްރާއިލުން ގާޒާ އަށް ފޮނުވައިފިއެވެ.
ގާޒާގެ ކަމާބެހޭ ފަރާތްތަކުން ވަނީ "ލާއިންސާނީ" އަނިޔާކޮށް މަރާލާފާފައިވާ މީހުންގެ ހަށިތައް ހުރި ކޮންޓެއިނާރ އާއި ޙަވާލުވާން ދެކޮޅުހަދާފައެވެ. ގާޒާގެ ހެލްތު މިނިސްޓަރީން ބުނެފައިވަނީ އެއީ ކޮންބައެއްކަން އިސްރާއިލުން ބުނެދޭނެ ޖެހޭނެ ކަމަށާއި، އެ މީހުންނަށް އަނިޔާ ކޮސްފައިވާކަން ފެންނަން ހުރިކަމަށެވެ.
ޓެލެގްރާމް މެސެޖިން އެޕްލިކޭޝަންގައި މިއަދު ގާޒާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮންޓެއިނަރު ބަލައިގަތުމުގެ ކަންކަން ހުއްޓާލީ މަރުވި މީހުންގެ ނަމާއި މަރުވި ވަގުތާއި އެ މީހުން ނެގި ތަނުގެ ފުރިހަމަ ޑޭޓާ އިޒްރޭލުން ލިބެންދެން ކަމަށެވެ. އެކަމަކީ މަރުވެފައިވާ މީހުންގެ އާއިލާތަކަށް އެއްމެ ކުޑަވެގެން ލިބެންޖެހޭނެ ހައްގެއްކަމަށެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެނެނުގަނެވޭ ހަށިތަކެއް ގެނައުމަކީ ލާއިންސާނީ އަދި ޖިނާއީ ފިޔަވަޅެއް އަޅަންޖެހޭ ކަމެއްކަމަށެވެ.
އަލްޖަޒީރާގެ ރިޕޯޓަރަކު ބުނެފައިވަނީ ހަށިތައް ހުރީ ދެނެގަނެވޭވަރަށްވުރެ ބޮޑަށް ހަލާކުވެފައިކަމަށާއި، އަދި އެ ހަށިތައް އިސްރާއިލް ގައި ގިނަ ދުވަސްތަކެއް ވަންދެން ހުރިކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ.
"ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ އެ މީހުންގެ އައިޑެންޓިޓީ ސިއްރުކުރީ ސަބަބުތަކެއް ހުޜިމައި ކަމަށާއި، އެ މީހުންގެ ނަމާއި ޖިންސާއި އެ މީހުން ވަގަށް ނެގި ތަނުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށާއި، އަދި ޣައްޒާއިން އެމީހުން ވަގަށް ނެގީ ކީއްވެގެންކަމެއްވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސް އިން މިއަދު ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން އެމީހުންގެ ގެދޮރާއި ހިޔާތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 53 މީހުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ޝަހީދުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
